نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2365 | 20 | 17 | وما تلك بيمينك يا موسى |
| | | އޭ موسى ގެފާނެވެ! ކަލޭގެފާނުގެ ކަނާތްޕުޅުގައި އެވަނީ ކޮންއެއްޗެއްތޯއެވެ؟ |
|
2366 | 20 | 18 | قال هي عصاي أتوكأ عليها وأهش بها على غنمي ولي فيها مآرب أخرى |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އަޅުގެ އަސާއެވެ. އޭގެމައްޗަށް މިއަޅާ ބުރަވެ، މިއަޅާގެ ބަކަރިތަކަށް (ކާންދިނުމަށް) އެއިން (ގަސްގަހުގެ) ފަތް ބިންނަމެވެ. އަދި އެހެން ބޭނުންތައްވެސް މިއަޅާއަށް އޭގައިވެއެވެ. |
|
2367 | 20 | 19 | قال ألقها يا موسى |
| | | އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! އެ އަސާ އެއްލަވާށެވެ! |
|
2368 | 20 | 20 | فألقاها فإذا هي حية تسعى |
| | | ފަހެ، އެކަލޭގެފާނު އެ އަސާ އެއްލެވިއެވެ. ދެން އެހާރުން، ދުވެދުވެއޮތް ހަރުފައަކަށް ވެއްޖެއެވެ. |
|
2369 | 20 | 21 | قال خذها ولا تخف سنعيدها سيرتها الأولى |
| | | އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނު އެ އަސާގައި ހިއްޕަވާށެވެ! އަދި ބިރުފުޅުނުގަންނާށެވެ! އެ އަސާ، ކުރިން އޮތްގޮތަށް ތިމަންރަސްކަލާނގެ إعادة ކުރައްވާހުށީމެވެ. |
|
2370 | 20 | 22 | واضمم يدك إلى جناحك تخرج بيضاء من غير سوء آية أخرى |
| | | އަދި ކަލޭގެފާނުގެ ކިހިލިފަތްޕުޅުދަށަށް ކަލޭގެފާނުގެ އަތްތިލަފުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްނެތި، ހުދުކޮށް (ވިދަވިދައި އޮންނަގޮތުގައި) އެ އަތްތިލަފުޅު ނުކުންނާނެއެވެ. (އެއީ) އެހެން معجزات އެއްގެ ގޮތުގައެވެ. |
|
2371 | 20 | 23 | لنريك من آياتنا الكبرى |
| | | ތިމަންރަސްކަލާނގެ ބޮޑެތި معجزات ތަކުގެ ތެރެއިން ބައެއް، ކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. |
|
2372 | 20 | 24 | اذهب إلى فرعون إنه طغى |
| | | فرعون ގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ. |
|
2373 | 20 | 25 | قال رب اشرح لي صدري |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ! |
|
2374 | 20 | 26 | ويسر لي أمري |
| | | އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ! |
|