نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2328 | 19 | 78 | أطلع الغيب أم اتخذ عند الرحمن عهدا |
| | | އޭނާއަށް غيب އެނގުނީހެއްޔެވެ؟ ނުވަތަ رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފީހެއްޔެވެ؟ |
|
2329 | 19 | 79 | كلا سنكتب ما يقول ونمد له من العذاب مدا |
| | | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އޭނާ ބުނާއެއްޗެއް ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި އޭނާއަށް عذاب އިތުރުކުރައްވައި ދިގުކުރައްވާހުށީމެވެ. |
|
2330 | 19 | 80 | ونرثه ما يقول ويأتينا فردا |
| | | އަދި އޭނާ އެބުނާ މުދަލާއި، ދަރިން (ނެތިކުރައްވައި) އެހުރިހާ އެއްޗެއް، ތިމަންރަސްކަލާނގެ މިލްކުކުރައްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އޭނާ އަންނަހުށީ، އެކަނިމާ އެކަންޏެވެ. |
|
2331 | 19 | 81 | واتخذوا من دون الله آلهة ليكونوا لهم عزا |
| | | އެއުރެން اللَّه ފިޔަވައި އެހެން إله ންތަކެއް ހިފީ އެއުރެންނަށް عزّة އެއްކަމުގައި ވާނޭކަމަށެވެ. |
|
2332 | 19 | 82 | كلا سيكفرون بعبادتهم ويكونون عليهم ضدا |
| | | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ إله ންތަކަށް އެއުރެން އަޅުކަންކުރުމަށް إنكار ކުރާނެތެވެ. އަދި އެ إله ންތައް އެއުރެންގެ މައްޗަށް عداوة ތެރިންކަމުގައި ވާނެތެވެ. |
|
2333 | 19 | 83 | ألم تر أنا أرسلنا الشياطين على الكافرين تؤزهم أزا |
| | | كافر ވި މީހުންގެމައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ شيطان ން ފާކުރެއްވިކަން، ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ އެ شيطان ން އެއުރެންނަށް ވަސްވާސްދީ ހެއްލުންތެރިކުރެތެވެ. |
|
2334 | 19 | 84 | فلا تعجل عليهم إنما نعد لهم عدا |
| | | ފަހެ، ކަލޭގެފާނު އެއުރެންގެ މައްޗަށް އަވަސްވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި (أجل ގެ ދުވަސްތައް) ގުނައި عدد ކުރައްވަމެވެ. |
|
2335 | 19 | 85 | يوم نحشر المتقين إلى الرحمن وفدا |
| | | تقوى ވެރިން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް (عزّة ތެރި) وفد އެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) |
|
2336 | 19 | 86 | ونسوق المجرمين إلى جهنم وردا |
| | | އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާދިމާޔަށް ދާފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރިން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ. |
|
2337 | 19 | 87 | لا يملكون الشفاعة إلا من اتخذ عند الرحمن عهدا |
| | | رحمن ވަންތަ ރަސްކަލާނގެ حضرة ގައި عهد އެއް ހިފާފައިވާ މީހަކަށް (އެކަލާނގެ إذن ދެއްވުމުން) މެނުވީ، އެއުރެންކުރެ އެކަކަށްވެސް شفاعة ތެރިވުމުގެ ބާރެއް ލިބިގެނެއްނުވެތެވެ. |
|