نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2202 | 18 | 62 | فلما جاوزا قال لفتاه آتنا غداءنا لقد لقينا من سفرنا هذا نصبا |
| | | ފަހެ، އެ ދެކަލުން (އެތަން) ފަހަނަޅައި ވަޑައިގެންނެވިހިނދު، އެކަލޭގެފާނުގެ خادم ކުއްޖާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށްބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ. |
|
2203 | 18 | 63 | قال أرأيت إذ أوينا إلى الصخرة فإني نسيت الحوت وما أنسانيه إلا الشيطان أن أذكره واتخذ سبيله في البحر عجبا |
| | | އެ خادم ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، شيطان އާ ފިޔަވައި އެހެން އެއްޗެއްނޫނެވެ. އަދި އެ މަސް عجائب އެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ. |
|
2204 | 18 | 64 | قال ذلك ما كنا نبغ فارتدا على آثارهما قصصا |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ބޭނުންވެގެން މިއުޅެނީ އެތަނެވެ. ދެން އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ. |
|
2205 | 18 | 65 | فوجدا عبدا من عبادنا آتيناه رحمة من عندنا وعلمناه من لدنا علما |
| | | ދެން (އެތަނުން) އެ ދެކަލުންނަށް ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން (خاص) އަޅަކު ފެނިވަޑައިގަތެވެ. އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން رحمة އެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން خاص علم އެއް އުނގަންނައިދެއްވީމެވެ. |
|
2206 | 18 | 66 | قال له موسى هل أتبعك على أن تعلمن مما علمت رشدا |
| | | އެބޭކަލަކަށް موسى ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވާފައިވާ علم ން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبع ވަންތޯއެވެ؟ |
|
2207 | 18 | 67 | قال إنك لن تستطيع معي صبرا |
| | | އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުުޅަދާނަވެގެނެއް ނުވާނެތެވެ. |
|
2208 | 18 | 68 | وكيف تصبر على ما لم تحط به خبرا |
| | | ކަލޭގެފާނަށް އެކަމެއްގެ حقيقة އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟ |
|
2209 | 18 | 69 | قال ستجدني إن شاء الله صابرا ولا أعصي لك أمرا |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ. |
|
2210 | 18 | 70 | قال فإن اتبعتني فلا تسألني عن شيء حتى أحدث لك منه ذكرا |
| | | އެބޭކަލަކު ވިދާޅުވިއެވެ. ފަހެ، ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ، އެކަމެއްގެ ވާހަކައިން ތިމަންކަލޭގެފާނު ކަލޭގެފާނަށް ބަޔާންކޮށްދެއްވައިފުމަށް ދާންދެން އެއްވެސް ކަމަކާ ދޭތެރޭ ތިމަންކަލޭގެފާނާ سؤال ނުކުރައްވާށެވެ! |
|
2211 | 18 | 71 | فانطلقا حتى إذا ركبا في السفينة خرقها قال أخرقتها لتغرق أهلها لقد جئت شيئا إمرا |
| | | ދެން އެ ދެބޭކަލުން ކުރިޔަށް ހިންގަވައި ވަޑައިގެން، ނަވަށް އަރައިވަޑައިގެންނެވިހިނދު، އެބޭކަލަކު އެ ނައު ފޫދުއްވައިލައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ أهل ވެރިން غرق ކޮށްލެއްވުމަށްތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ. |
|