نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2114 | 17 | 85 | ويسألونك عن الروح قل الروح من أمر ربي وما أوتيتم من العلم إلا قليلا |
| | | ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علم ގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ. |
|
2115 | 17 | 86 | ولئن شئنا لنذهبن بالذي أوحينا إليك ثم لا تجد لك به علينا وكيلا |
| | | އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރެއްވި ތަކެތި ގެންދަވައިފާހުށީމެވެ. ދެން އެކަމާމެދު ތިމަންރަސްކަލާނގެއާ ދެކޮޅަށް ކަލޭގެފާނަށް އެހީތެރިވާނޭ މީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. |
|
2116 | 17 | 87 | إلا رحمة من ربك إن فضله كان عليك كبيرا |
| | | ނަމަވެސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ފުޅުން (އެކަމެއް ނުކުރައްވަތެވެ.) ހަމަކަށަވަރުން، އެކަލާނގެ فضل ވަންތަކަން، ކަލޭގެފާނުގެ މައްޗަށް ބޮޑުވެގެންވެއެވެ. |
|
2117 | 17 | 88 | قل لئن اجتمعت الإنس والجن على أن يأتوا بمثل هذا القرآن لا يأتون بمثله ولو كان بعضهم لبعض ظهيرا |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآن އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ. |
|
2118 | 17 | 89 | ولقد صرفنا للناس في هذا القرآن من كل مثل فأبى أكثر الناس إلا كفورا |
| | | ހަމަކަށަވަރުން، މި قرآن ގައި ތިމަންރަސްކަލާނގެ މީސްތަކުންނަށް ހުރިހާ ބާވަތަކުން مثال ބަޔާންކުރެއްވީމެވެ. ދެންވެސް މީސްތަކުންކުރެ ގިނަމީހުން، ދެކޮޅުވެރިވެ، كافر ވުން މެނުވީ قبول އެއް ނުކުރޫއެވެ. |
|
2119 | 17 | 90 | وقالوا لن نؤمن لك حتى تفجر لنا من الأرض ينبوعا |
| | | އަދި އެއުރެން ބުނެފޫއެވެ. ކަލޭގެފާނު (مكة ގެ) ބިމުން ތިމަންމެންނަށް ފެންއާރެއް ހިންގަވައިދެއްވައިފުމަށް ދާނދެން ކަލޭގެފާނަކަށް ތިމަންމެން إيمان އެއް ނުވާނޫއެވެ. |
|
2120 | 17 | 91 | أو تكون لك جنة من نخيل وعنب فتفجر الأنهار خلالها تفجيرا |
| | | ނުވަތަ ކަލޭގެފާނަށް، ކަދުރު ރުކާއި، މޭބިސްކަދުރުގެ ބަގީޗާއެއްއޮވެ، އޭގެ މެދުން ގިނަގުނަ ކޯރުތައް ހިންގަވައިދެއްވައިފުމަށް ދާނދެނެވެ. |
|
2121 | 17 | 92 | أو تسقط السماء كما زعمت علينا كسفا أو تأتي بالله والملائكة قبيلا |
| | | ނުވަތަ ކަލޭގެފާނު ހީފުޅުކުރައްވާ ފަދައިން، ތިމަންމެންގެ މައްޗަށް އެތިއެތިގަނޑަށް އުޑު ވައްޓަވައިލައްވައިފުމަށް ދާނދެން، ނުވަތަ اللَّه އާއި ملائكة ން (ތިމަންމެންނަށް) ފެންނާނެހެން ކުރިމައްޗަށް ގެނެސްދެއްވައިފުމަށް ދާނދެނެވެ. |
|
2122 | 17 | 93 | أو يكون لك بيت من زخرف أو ترقى في السماء ولن نؤمن لرقيك حتى تنزل علينا كتابا نقرؤه قل سبحان ربي هل كنت إلا بشرا رسولا |
| | | ނުވަތަ ކަލޭގެފާނަށް ރަނުން ގެއެއް ހުރެ، ނުވަތަ ކަލޭގެފާނު އުޑަށް އަރައިވަޑައިގެންފުމަށް ދާނދެނެވެ. އަދި ތިމަންމެން ކިޔަވާނޭ ފޮތެއް ތިމަންމެންނަށް ބާލުއްވައިދެއްވައިފުމަށް ދާނދެން، ކަލޭގެފާނު (އުޑަށް) އަރައިވަޑައިގެންނެވިކަމަކަށް، ތިމަންމެން إيمان އެއް ނުވާނޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ތިމަންކަލޭގެފާނަކީ، رسول އަކު ކަމުގައިވާ آدم ގެދަރިޔަކު ކަމުގައި މެނުވީ ނުވަމެވެ. |
|
2123 | 17 | 94 | وما منع الناس أن يؤمنوا إذ جاءهم الهدى إلا أن قالوا أبعث الله بشرا رسولا |
| | | މީސްތަކުންގެ ގާތަށް ތެދުމަގު އައިހިނދު، اللَّه، رسول އަކު ކަމުގައި آدم ގެދަރިޔަކު ފޮނުއްވީހޭ، އެއުރެން ބުނާ ބުނުން މެނުވީ، އެއުރެން إيمان ވުން މަނައެއް ނުކުރެތެވެ. |
|