نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
209 | 2 | 202 | أولئك لهم نصيب مما كسبوا والله سريع الحساب |
| | | އެއުރެން ހޯދި ހެޔޮކަމުގެ نصيب އެއުރެންނަށް ހުށްޓެވެ. اللَّه އީ، حساب ބެއްލެވުން އަވަސްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
210 | 2 | 203 | واذكروا الله في أيام معدودات فمن تعجل في يومين فلا إثم عليه ومن تأخر فلا إثم عليه لمن اتقى واتقوا الله واعلموا أنكم إليه تحشرون |
| | | عدد ކަނޑައެޅިގެންވާ ދުވަސްތަކެއްގައި اللَّه ހަނދުމަކޮށް (تكبير ކިޔައި) އުޅޭށެވެ! ފަހެ، ދެ ދުވަހުގެ ތެރޭގައި (އެކަން ނިންމައި އެނބުރި ދިޔުމަށް) އަވަސްވެގަތްމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާގެ މައްޗަކަށްވެސް ފާފައެއް ނެތެވެ. އެއީ، تقوى ވެރިވެއްޖެ މީހަކަށެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުން محشر އަށް ފޮނުއްވާނީ، އެކަލާނގެ حضرة އަށް ކަން، ތިޔަބައިމީހުން ދަންނާށެވެ! |
|
211 | 2 | 204 | ومن الناس من يعجبك قوله في الحياة الدنيا ويشهد الله على ما في قلبه وهو ألد الخصام |
| | | دنيوى حياة އާމެދު އެމީހަކު ބުނާ ބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް اللَّه ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ. |
|
212 | 2 | 205 | وإذا تولى سعى في الأرض ليفسد فيها ويهلك الحرث والنسل والله لا يحب الفساد |
| | | އަދި އެމީހާ ފުރަގަސްދީ ހިނގައްޖެނަމަ، ބިމުގައި فساد އުފެއްދުމަށްޓަކައި އަދި ދަނޑުފަނގާއި ދަރިފަސްކޮޅު ހަލާކުކުރުމަށްޓަކައި ބިމުގައި މަސައްކަތްކޮށް އުޅެތެވެ. اللَّه، فساد ވެރިކަމަކަށް ލޯބިވެވޮޑިގެނެއް ނުވެއެވެ. |
|
213 | 2 | 206 | وإذا قيل له اتق الله أخذته العزة بالإثم فحسبه جهنم ولبئس المهاد |
| | | އަދި اللَّه އަށް تقوى ވެރިވާށޭ އެމީހާޔާ ދިމާޔަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ. ފަހެ، އެމީހާޔަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން، އެ ތަންމަތީގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ! |
|
214 | 2 | 207 | ومن الناس من يشري نفسه ابتغاء مرضات الله والله رءوف بالعباد |
| | | އަދި اللَّه ގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ نفس ދޫކޮށްލާ މީހުންވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللَّه އީ، އަޅުތަކުންނާމެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. |
|
215 | 2 | 208 | يا أيها الذين آمنوا ادخلوا في السلم كافة ولا تتبعوا خطوات الشيطان إنه لكم عدو مبين |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން إسلام دين އަށް ކިޔަމަންވުމުގެ ތެރެޔަށް ވަންނާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ شيطان އާ އަކީ ތިޔަ ބައިމީހުންނަށް ހުރި بيان ވެގެންވާ عدوّ އެކެވެ. |
|
216 | 2 | 209 | فإن زللتم من بعد ما جاءتكم البينات فاعلموا أن الله عزيز حكيم |
| | | ފަހެ، ތިޔަބައިމީހުންގެ ގާތަށް ފާޅުވެގެންހުރި حجة ތައް އައުމަށްފަހު ތިޔަބައިމީހުން މަގުން ކައްސާލައިގެން ހިނގައްޖެނަމަ، ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! |
|
217 | 2 | 210 | هل ينظرون إلا أن يأتيهم الله في ظلل من الغمام والملائكة وقضي الأمر وإلى الله ترجع الأمور |
| | | ތުނި ވިލާތަކުގެ ހިޔާތަކެއްގެ ތެރެއިން اللَّه ގެ (ކޯފާގެ) أمر ފުޅާއި އަދި ملآئكة ން އެއުރެންގެ ގާތަށް އައުމަށް މެނުވީ، އެއުރެން ބަލަބަލައި ނުތިބެނީ ހެއްޔެވެ؟ އެހިނދު ނިޔާކަނޑައެޅި ނިމިއްޖެއެވެ. ހުރިހާ ކަމެއްގެ ނިޔާ އެނބުރި ދާހުށީ، اللَّه ގެ حضرة އަށެވެ. |
|
218 | 2 | 211 | سل بني إسرائيل كم آتيناهم من آية بينة ومن يبدل نعمة الله من بعد ما جاءته فإن الله شديد العقاب |
| | | بيان ވެގެންހުރި ހެކިތަކުގެ ތެރެއިން ކިިތައް ކިތައް ކަންތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާފައިވޭތޯ، ކަލޭގެފާނު إسـرآءيـل ގެދަރިންނާ سؤال ކުރައްވައި ބައްލަވާށެވެ! اللَّه ގެ نعمة އެމީހަކަށް ލިބުމަށްފަހު، އެ نعمة ބަދަލުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. |
|