نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1960 | 16 | 59 | يتوارى من القوم من سوء ما بشر به أيمسكه على هون أم يدسه في التراب ألا ساء ما يحكمون |
| | | އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ. |
|
1961 | 16 | 60 | للذين لا يؤمنون بالآخرة مثل السوء ولله المثل الأعلى وهو العزيز الحكيم |
| | | ނުބައިވެގެންވާ مثال ވަނީ، آخرة އަށް إيمان ނުވާ މީހުންނަށެވެ. އަދި އެންމެ މަތިވެރި مثال ވަނީ، اللَّه އަށެވެ. އަދި އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. |
|
1962 | 16 | 61 | ولو يؤاخذ الله الناس بظلمهم ما ترك عليها من دابة ولكن يؤخرهم إلى أجل مسمى فإذا جاء أجلهم لا يستأخرون ساعة ولا يستقدمون |
| | | އަދި އެއުރެންގެ އަނިޔާގެ ސަބަބުން اللَّه މީސްތަކުންނަށް (ވަގުތުން) عقوبات ދެއްވާނަމަ، ހިނގާބިނގާ އުޅޭ އެއްވެސް ދިރޭއެއްޗެއް، އެ ބިންމަތީގައި (އުޅުމަށް) ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައެޅިގެންވާ މުއްދަތަކަށް، އެކަލާނގެ އެއުރެން ފަސްކުރައްވަނީއެވެ. ފަހެ، އެއުރެންގެ أجل އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް، ލަހެއް ނުކުރައްވާހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ. |
|
1963 | 16 | 62 | ويجعلون لله ما يكرهون وتصف ألسنتهم الكذب أن لهم الحسنى لا جرم أن لهم النار وأنهم مفرطون |
| | | އަދި އެއުރެން، ނުރުހޭ ތަކެތި (އެބަހީ: އަންހެންދަރިން) އެއުރެން اللَّه އަށް نسبة ކުރެތެވެ. އަދި ހަމަކަށަވަރުން، ހުރިހާ ހެވެއްވަނީ، އެއުރެންނަށް ކަމަށްބުނެ، އެއުރެންގެ ދޫތަކުން ދޮގުތައް ހަދައި އުޅެތެވެ. شك އެއް ނެތެވެ. ހަމަކަށަވަރުން، އެއުރެންނަށްހުރީ ނަރަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ، އެންމެ ފުރަތަމަ އެ ތަނަށް ދޫކުރައްވާނޭ ބަޔެކެވެ. |
|
1964 | 16 | 63 | تالله لقد أرسلنا إلى أمم من قبلك فزين لهم الشيطان أعمالهم فهو وليهم اليوم ولهم عذاب أليم |
| | | اللَّه ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ أمّة ތަކަށް، ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. ދެން شيطان އާ، އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. ފަހެ، މިއަދު އެއުރެންގެ އެހީތެރިޔަކީ، އެ شيطان އާއެވެ. އަދި އެއުރެންނަށް، ވޭންދެނިވި عذاب ހުށްޓެވެ. |
|
1965 | 16 | 64 | وما أنزلنا عليك الكتاب إلا لتبين لهم الذي اختلفوا فيه وهدى ورحمة لقوم يؤمنون |
| | | އަދި އެއުރެން އެކަމާމެދު خلاف ވީ ކަންތައް، ކަލޭގެފާނު އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައި މެނުވީ، އަދި إيمان ވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް، ފޮތް ބާވައެއް ނުލައްވަމެވެ. |
|
1966 | 16 | 65 | والله أنزل من السماء ماء فأحيا به الأرض بعد موتها إن في ذلك لآية لقوم يسمعون |
| | | اللَّه، އުޑުން ފެން ބާވައިލެއްވިއެވެ. ފަހެ، ބިންގަނޑު މަރުވެ އޮތުމަށްފަހު، އެ ފެނުގެ ސަބަބުން، އެކަލާނގެ އެ ބިންގަނޑު ދިރުއްވިއެވެ. ހަމަކަށަވަރުން، އަޑުއަހާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. |
|
1967 | 16 | 66 | وإن لكم في الأنعام لعبرة نسقيكم مما في بطونه من بين فرث ودم لبنا خالصا سائغا للشاربين |
| | | އަދި ހަމަކަށަވަރުން، نعم ސޫފީގައި، ތިޔަބައިމީހުންނަށް عبرة އެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) فضولات ތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ. |
|
1968 | 16 | 67 | ومن ثمرات النخيل والأعناب تتخذون منه سكرا ورزقا حسنا إن في ذلك لآية لقوم يعقلون |
| | | އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުންކުރަމުއެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (ނޯޓު: މި آية ބާވައިލެއްވީ، ރާ حرام ކުރެއްވުމުގެ ކުރީގައެވެ.) |
|
1969 | 16 | 68 | وأوحى ربك إلى النحل أن اتخذي من الجبال بيوتا ومن الشجر ومما يعرشون |
| | | ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް إلهام ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ! |
|