نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1949 | 16 | 48 | أولم يروا إلى ما خلق الله من شيء يتفيأ ظلاله عن اليمين والشمائل سجدا لله وهم داخرون |
| | | އަދި اللَّه ހައްދަވާފައިވާ ތަކެއްޗަށް، އެއުރެން ނުބަލަނީ ހެއްޔެވެ؟ އެ ތަކެތީގެ ހިޔަނިތައް، ކަނާތްކިބައަށާއި، ވާތްކިބައަށް ލެނބިލެނބި ހުރެތެވެ. اللَّه އަށް سجدة ކުރާ حال ގައެވެ. އަދި އެ ހުރިހާ ތަކެތި، އެކަލާނގެއަށް ދެރަވެ، ނިކަމެތިވާ حال ގައެވެ. |
|
1950 | 16 | 49 | ولله يسجد ما في السماوات وما في الأرض من دابة والملائكة وهم لا يستكبرون |
| | | އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ހުރިހާ ތަކެއްޗާއި، ملائكة ން، اللَّه އަށް سجدة ކުރެތެވެ. އަދި އެބޭކަލުން ބޮޑާވެއެއް ނުގަނެތެވެ. |
|
1951 | 16 | 50 | يخافون ربهم من فوقهم ويفعلون ما يؤمرون |
| | | އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ. |
|
1952 | 16 | 51 | وقال الله لا تتخذوا إلهين اثنين إنما هو إله واحد فإياي فارهبون |
| | | اللَّه وحى ކުރެއްވިއެވެ. ތިޔަބައިމީހުން، ދެ إله ން ވާކަމަށް قبول ނުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެ ވާކަން ކަށަވަރީ، އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި، ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ! |
|
1953 | 16 | 52 | وله ما في السماوات والأرض وله الدين واصبا أفغير الله تتقون |
| | | އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި އަބަދުގެ އަބަދަށް، ކިޔަމަންވުންވަނީވެސް އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ބިރުވެތިވަނީ، اللَّه ނޫން ފަރާތަކަށް ހެއްޔެވެ؟ |
|
1954 | 16 | 53 | وما بكم من نعمة فمن الله ثم إذا مسكم الضر فإليه تجأرون |
| | | އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ نعمة އެއް ވަނީ، اللَّه ގެ حضرة ންނެވެ. ދެން ތިޔަބައިމީހުންނަށް ދަތިحال ޖެހިއްޖެނަމަ، ފަހެ، ތިޔަބައިމީހުން دعاء ކޮށް ދަންނަވަނީ، ހަމަ އެކަލާނގެ حضرة އަށެވެ. |
|
1955 | 16 | 54 | ثم إذا كشف الضر عنكم إذا فريق منكم بربهم يشركون |
| | | ދެން އެކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، އެ ދަތިحال ފިއްލަވައިފިނަމަ، އެހާރުން ތިޔަބައިމީހުންކުރެ ބަޔަކު، އެއުރެންގެ ވެރިރަސްކަލާނގެއަށް شريك ކުރެތެވެ. |
|
1956 | 16 | 55 | ليكفروا بما آتيناهم فتمتعوا فسوف تعلمون |
| | | އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އަށް، كافر ވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން (ދުނިޔޭގައި ވަގުތުކޮޅަކަށް) އަރާމު ލިބިގަންނާށެވެ! ފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް (އޭގެ نتيجة) އެނގޭހުށްޓެވެ. |
|
1957 | 16 | 56 | ويجعلون لما لا يعلمون نصيبا مما رزقناهم تالله لتسألن عما كنتم تفترون |
| | | ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ބައެއް، އެއުރެންނަށް އެނގުމެއްނުވާ ތަކެއްޗަށް (އެބަހީ: ބުދުތަކަށް) ދީއުޅެތެވެ. اللَّه ގަންދެއްވައި وحى ކުރައްވަމެވެ. ތިޔަބައިމީހުން، ހަދައިއުޅުނު ދޮގުތަކާމެދު، ހަމަކަށަވަރުން، ތިޔަބައިމީހުންނާ سؤال ކުރައްވާ ހުށްޓެވެ. |
|
1958 | 16 | 57 | ويجعلون لله البنات سبحانه ولهم ما يشتهون |
| | | އަދި اللَّه އަށް އަންހެންދަރިން ވާކަމަށް، އެއުރެން ހަދަތެވެ. އެކަލާނގެ (އެފަދަ ކަންކަމުން) ހުސްطاهر ވެވޮޑިގެންވެއެވެ. އަދި އެއުރެން އެދޭ ތަކެތި، (އެބަހީ: ފިރިހެންދަރިން) ވަނީ، އެއުރެންނަށްކަމަށް ހަދަތެވެ. |
|