نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1930 | 16 | 29 | فادخلوا أبواب جهنم خالدين فيها فلبئس مثوى المتكبرين |
| | | ފަހެ، އެތާނގައި ދެމިތިބެނިވި ގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) كبر ވެރިވެގެންވާ މީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ! |
|
1931 | 16 | 30 | وقيل للذين اتقوا ماذا أنزل ربكم قالوا خيرا للذين أحسنوا في هذه الدنيا حسنة ولدار الآخرة خير ولنعم دار المتقين |
| | | تقوى ވެރިވި މީހުންނަށް އަންގަވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއް ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ހެޔޮގޮތެވެ. މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި آخرة ގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި تقوى ވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ! |
|
1932 | 16 | 31 | جنات عدن يدخلونها تجري من تحتها الأنهار لهم فيها ما يشاءون كذلك يجزي الله المتقين |
| | | އެއީ عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެން ވަންނާނެތެވެ. އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުރެތެވެ. އެއުރެން އެދޭކަންތައް، އެއުރެންނަށްޓަކައި އެތާނގައިވެއެވެ. تقوى ވެރިންނަށް اللَّه ޖަޒާ ދެއްވަނީ އެފަދައިންނެވެ. |
|
1933 | 16 | 32 | الذين تتوفاهم الملائكة طيبين يقولون سلام عليكم ادخلوا الجنة بما كنتم تعملون |
| | | އެއުރެންނަކީ، ކުށްފާފަތަކުން طاهر ވެގެންވާ حال، ملائكة ން އެއުރެން މަރުގަންނަވާ މީހުންނެވެ. (އެ ހިނދު) އެ ملائكة ން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ! |
|
1934 | 16 | 33 | هل ينظرون إلا أن تأتيهم الملائكة أو يأتي أمر ربك كذلك فعل الذين من قبلهم وما ظلمهم الله ولكن كانوا أنفسهم يظلمون |
| | | އެއުރެންގެ ގާތަށް ملائكة ން ވަޑައިގަތުމަށް، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب ގެ) أمر ފުޅު އައުމަށް މެނުވީ އެއުރެން انتظار ކުރޭ ހެއްޔެވެ؟ އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. اللَّه، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އެއުރެން އަނިޔާކުރާކަމުގައި ވޫއެވެ. |
|
1935 | 16 | 34 | فأصابهم سيئات ما عملوا وحاق بهم ما كانوا به يستهزئون |
| | | ފަހެ، އެއުރެން عمل ކުޅަގޮތުގެ ނުބައި ޖަޒާތައް، އެއުރެންނަށް ޖެހުނެވެ. އަދި އެއުރެން އެކަމަކަށް މަލާމާތްކޮށް އުޅުނު ކަންތައް އައިސް އެއުރެން ވަށައިލިއެވެ. |
|
1936 | 16 | 35 | وقال الذين أشركوا لو شاء الله ما عبدنا من دونه من شيء نحن ولا آباؤنا ولا حرمنا من دونه من شيء كذلك فعل الذين من قبلهم فهل على الرسل إلا البلاغ المبين |
| | | شريك ކުޅަ މީހުން ބުނެފޫއެވެ. اللَّه އިރާދަކުރެއްވިނަމަ، އެކަލާނގެ ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ތިމަންމެންވެސް، އަދި ތިމަންމެންގެ ކާބަފައިންވެސް އަޅުކަމެއް ނުކުޅައީހެވެ. އަދި އެކަލާނގެ އެންގެވުމަކާނުލައި އެއްވެސް އެއްޗެއް ތިމަންމެން حرام ކޮށެއް ނުހެދީމުހެވެ. އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. ފަހެ، ބަޔާންވެގެންވާ އިއްވެވުން މެނުވީ، رسول ންގެ މައްޗަށް ވޭހެއްޔެވެ؟ |
|
1937 | 16 | 36 | ولقد بعثنا في كل أمة رسولا أن اعبدوا الله واجتنبوا الطاغوت فمنهم من هدى الله ومنهم من حقت عليه الضلالة فسيروا في الأرض فانظروا كيف كان عاقبة المكذبين |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، اللَّه ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް حق ވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ! |
|
1938 | 16 | 37 | إن تحرص على هداهم فإن الله لا يهدي من يضل وما لهم من ناصرين |
| | | އެއުރެންނަށް ތެދުމަގު ލިބުމުގެ މައްޗަށް ކަލޭގެފާނު شوق ވެރިވެ ވަޑައިގަތަސް، ފަހެ، ހަމަކަށަވަރުން، اللَّه، އެކަލާނގެ މަގުފުރައްދަވާ މީހަކަށް ތެދުމަގެއް ނުދައްކަވަތެވެ. އަދި އެއުރެންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ. |
|
1939 | 16 | 38 | وأقسموا بالله جهد أيمانهم لا يبعث الله من يموت بلى وعدا عليه حقا ولكن أكثر الناس لا يعلمون |
| | | އެއުރެންނަށް ވެވުނުހާ ގަދައެއްކޮށް اللَّه ގަންދީ ހުވާކޮށް އެއުރެން ބުނެފޫއެވެ. މަރުވާ މީހަކު (އަލުން އެހެން ދިރުމަކަށް) اللَّه ނުފޮނުއްވާނެތެވެ. އެހެންނަކުން ނޫނެވެ. (އެއީ) އެކަލާނގެއަށް ކަށަވަރުވެ حق ވެގެންވާ ގޮތުގައި، ކުރައްވާފައިވާ وعد އެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. |
|