نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1903 | 16 | 2 | ينزل الملائكة بالروح من أمره على من يشاء من عباده أن أنذروا أنه لا إله إلا أنا فاتقون |
| | | އެކަލާނގެ އަޅުތަކުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެކަލާނގެ أمر ފުޅާއެކު، وحى އާއިގެން ملائكة ން ފޮނުއްވަތެވެ. (وحى ކުރައްވަމުންނެވެ.) ތިޔަބައިމީހުން إنذار ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ! |
|
1904 | 16 | 3 | خلق السماوات والأرض بالحق تعالى عما يشركون |
| | | އެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ. އެއުރެން شريك ކުރާ ތަކެއްޗަށްވުރެން، އެކަލާނގެ މަތިވެރިވެވޮޑިގެންވެތެވެ. |
|
1905 | 16 | 4 | خلق الإنسان من نطفة فإذا هو خصيم مبين |
| | | މަނިތިއްކަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ފަހެ، އެހާރުން އޭނާވަނީ، ފާޅުވެ، ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. |
|
1906 | 16 | 5 | والأنعام خلقها لكم فيها دفء ومنافع ومنها تأكلون |
| | | އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، نعم ސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ. |
|
1907 | 16 | 6 | ولكم فيها جمال حين تريحون وحين تسرحون |
| | | އެ ތަކެތި ހަވީރު (ނިދާތަނަށް) ގެންނަ ހިނދުގައްޔާއި، ހެނދުނު (ހުއިހައްޕަން) ނެރޭހިނދު، ތިޔަބައިމީހުންނަށްޓަކައި އެ ތަކެތީގައި ރީތިކަމެއްވެއެވެ. |
|
1908 | 16 | 7 | وتحمل أثقالكم إلى بلد لم تكونوا بالغيه إلا بشق الأنفس إن ربكم لرءوف رحيم |
| | | އަދި ހަށިތަކަށް އުނދަގުލާއި، ވަރުބަލިކަންދީގެން މެނުވީ އެ ރަށަކާ ހަމައަށް ތިޔަބައިމީހުންނަށް ދެވޭކަމަށްނުވާ ރަށަކަށް، އެ نعم ސޫފިތައް ތިޔަބައިމީހުންގެ ބުރަތަކެތި އުފުލައިދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
|
1909 | 16 | 8 | والخيل والبغال والحمير لتركبوها وزينة ويخلق ما لا تعلمون |
| | | އަދި އަހާއި، بغل އާއި، حمار ވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ. |
|
1910 | 16 | 9 | وعلى الله قصد السبيل ومنها جائر ولو شاء لهداكم أجمعين |
| | | ސީދާވެގެންވާ ތެދުމަގު ބަޔާންކޮށްދެއްވުންވަނީ، اللَّه އަށެވެ. އަދި އެ މަގުތަކުގެ ތެރެއިން ކަސިޔާރުވެގެންވާ މަގުވެއެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުން އެންމެންނަށް ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ. |
|
1911 | 16 | 10 | هو الذي أنزل من السماء ماء لكم منه شراب ومنه شجر فيه تسيمون |
| | | ތިޔަބައިމީހުންނަށްޓަކައި، އުޑުން ވާރޭފެން ބާވައިލެއްވީ، އެކަލާނގެއެވެ. އެ ފެނުން (ތިޔަބައިމީހުންނަށް) ބުއިމެއްވެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތައް އެއިން ހުއިހައްޕާ ގަސްތަކާއި، ވިނަތައް، އެ ފެނުގެ ސަބަބުން ހެދެއެވެ. |
|
1912 | 16 | 11 | ينبت لكم به الزرع والزيتون والنخيل والأعناب ومن كل الثمرات إن في ذلك لآية لقوم يتفكرون |
| | | އެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން، فكر ކުރާ ބަޔަކަށް އެކަންކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. |
|