نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1878 | 15 | 76 | وإنها لبسبيل مقيم |
| | | އަދި ހަމަކަށަވަރުން، އެ ރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ. |
|
1879 | 15 | 77 | إن في ذلك لآية للمؤمنين |
| | | ހަމަކަށަވަރުން، އެކަމުގައި مؤمن ތަކުންނަށް ހެތްކެއްވާކަން ކަށަވަރެވެ. |
|
1880 | 15 | 78 | وإن كان أصحاب الأيكة لظالمين |
| | | އަދި ހަމަކަށަވަރުން، الأيكة ގެ أهل ވެރިން، އަނިޔާވެރި ބަޔަކު ކަމުގައިވީކަން ކަށަވަރެވެ. |
|
1881 | 15 | 79 | فانتقمنا منهم وإنهما لبإمام مبين |
| | | ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ހަމަކަށަވަރުން، އެ ދެރަށް (އެބަހީ: لوط ބާގައިމީހުންގެ ރަށާއި الأيكة ގެރަށް) ވަނީ ބަޔާންވެ އެނގިގެންވާ މަގެއްގައިކަން ކަށަވަރެވެ. |
|
1882 | 15 | 80 | ولقد كذب أصحاب الحجر المرسلين |
| | | ހަމަކަށަވަރުން، حِجْر ގެ أهل ވެރިން (އެބަހީ: ثمود ބާގައިމީހުން) رسول ން ދޮގުކުޅައޫއެވެ. |
|
1883 | 15 | 81 | وآتيناهم آياتنا فكانوا عنها معرضين |
| | | އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ހެކިތައް ގެނެސްދެއްވީމެވެ. ފަހެ، އެ ހެކިތަކަށް ފުރަގަސްދޭ ބަޔަކުކަމުގައި އެއުރެންވޫއެވެ. |
|
1884 | 15 | 82 | وكانوا ينحتون من الجبال بيوتا آمنين |
| | | އަދި އަމާންވެގެން ތިބިކަމަށް (ހީކޮށް) ފަރުބަދަތަކުން ކަނޑައިކޮށައިގެން، ގެތައް ހަދާބަޔަކު ކަމުގައި އެއުރެންވޫއެވެ. |
|
1885 | 15 | 83 | فأخذتهم الصيحة مصبحين |
| | | ފަހެ، ފަތިސްވަގުތު، ގަދަފަދަ އަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ. |
|
1886 | 15 | 84 | فما أغنى عنهم ما كانوا يكسبون |
| | | ފަހެ، އެއުރެން ހޯދައި އުޅުނު عمل ތައް އެއުރެންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ. |
|
1887 | 15 | 85 | وما خلقنا السماوات والأرض وما بينهما إلا بالحق وإن الساعة لآتية فاصفح الصفح الجميل |
| | | ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާހާ ތަކެއްޗެއް، حق ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން، قيامة ގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ! |
|