نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1789 | 14 | 39 | الحمد لله الذي وهب لي على الكبر إسماعيل وإسحاق إن ربي لسميع الدعاء |
| | | حمد ހުރީ، اللَّه އަށެވެ. އެކަލާނގެއީ، އަޅު، މުސްކުޅިވެފައިވަނިކޮށް، އަޅާއަށް إسماعيل އާއި، إسحاق ދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަޅުގެ ވެރިރަސްކަލާނގެއީ، دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. |
|
1790 | 14 | 40 | رب اجعلني مقيم الصلاة ومن ذريتي ربنا وتقبل دعاء |
| | | އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ! |
|
1791 | 14 | 41 | ربنا اغفر لي ولوالدي وللمؤمنين يوم يقوم الحساب |
| | | އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ! |
|
1792 | 14 | 42 | ولا تحسبن الله غافلا عما يعمل الظالمون إنما يؤخرهم ليوم تشخص فيه الأبصار |
| | | އަނިޔާވެރިން ކުރާ ކަންތަކާމެދު، اللَّه، غافل ވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ. |
|
1793 | 14 | 43 | مهطعين مقنعي رءوسهم لا يرتد إليهم طرفهم وأفئدتهم هواء |
| | | އެއުރެން އިސްއުފުލައި އަވަސްއަވަހަށް ހިނގާފައި ދާނެތެވެ. އެއުރެންގެ ލޮލުގެ އެސްފިޔަވެސް ޖަހައިނުލެވޭހުށްޓެވެ. އަދި އެއުރެންގެ ހިތްތައް ވާނީ، އެކައްޗެއްވެސް ނެތި ހުސްވެފައެވެ. |
|
1794 | 14 | 44 | وأنذر الناس يوم يأتيهم العذاب فيقول الذين ظلموا ربنا أخرنا إلى أجل قريب نجب دعوتك ونتبع الرسل أولم تكونوا أقسمتم من قبل ما لكم من زوال |
| | | އެއުރެންނަށް عذاب އަންނަ ދުވަހާމެދު، ކަލޭގެފާނު މީސްތަކުންނަށް إنذار ކުރައްވާށެވެ! ފަހެ، އަނިޔާވެރިވި މީހުން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ކައިރި މުއްދަތަކަށް އަޅަމެން ފަސްކުރައްވާނދޭވެ! އޭރުން އިބަރަސްކަލާނގެ ގޮވައިލެއްވުމަށް އަޅަމެން އިޖާބަދޭ ހުށީމުއެވެ. އަދި رسول ންނަށް تبع ވާ ހުށީމުއެވެ. (ޖަވާބުގައި ބުނެވޭނެތެވެ.) ތިޔަބައިމީހުންނަށް (ދުނިޔެއިން) ނެތިދިއުމެއް ނާންނާނެކަމަށް މީގެކުރިން ތިޔަބައިމީހުން ހުވާކޮށް ނޫޅެމުހެއްޔެވެ؟ |
|
1795 | 14 | 45 | وسكنتم في مساكن الذين ظلموا أنفسهم وتبين لكم كيف فعلنا بهم وضربنا لكم الأمثال |
| | | އަދި އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވި މީހުން އުޅުނު ތަންތާނގައި ތިޔަބައިމީހުން އުޅުނީމުއެވެ. އަދި އެއުރެންނާމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވިގޮތް ތިޔަބައިމީހުންނަށް ބަޔާންވެ އެނގިފައިވެއެވެ. އަދި ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ مثال ތައް ޖައްސަވައިދެއްވީމެވެ. |
|
1796 | 14 | 46 | وقد مكروا مكرهم وعند الله مكرهم وإن كان مكرهم لتزول منه الجبال |
| | | ހަމަކަށަވަރުން، އެއުރެންގެ ރޭވުންތައް ރޭވޫއެވެ. އަދި އެއުރެންގެ ރޭވުންތައްވަނީ، اللَّه ގެ حضرة ގައެވެ. (އެބަހީ: އެ ރޭވުންތައް اللَّه ދެނެވޮޑިގެންވެތެވެ.) އަދި އެއުރެންގެ ރޭވުންތަކުން ފަރުބަދަތައް ނެއްތައިނުލެވޭހުށްޓެވެ. |
|
1797 | 14 | 47 | فلا تحسبن الله مخلف وعده رسله إن الله عزيز ذو انتقام |
| | | ފަހެ، اللَّه، އެކަލާނގެ رسول ންނަށް ކުރައްވާފައިވާ وعد އާ خلاف ވެ ވޮޑިގަންނަވާނެކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! ހަމަކަށަވަރުން، اللَّه އީ، ބަދަލުހިއްޕެވުމުގެވެރި، عزيز ވަންތަ ރަސްކަލާނގެއެވެ. |
|
1798 | 14 | 48 | يوم تبدل الأرض غير الأرض والسماوات وبرزوا لله الواحد القهار |
| | | އެދުވަހުން، ބިން އެހެން ބިމަކަށް، އަދި އުޑުތައް (އެހެން އުޑުތަކަކަށް) ބަދަލުކުރައްވާނެތެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ގެ حضرة އަށް އެންމެން ނުކުންނާނެތެވެ. |
|