نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1762 | 14 | 12 | وما لنا ألا نتوكل على الله وقد هدانا سبلنا ولنصبرن على ما آذيتمونا وعلى الله فليتوكل المتوكلون |
| | | އަދި ހަމަކަށަވަރުން، އެކަލާނގެ ތިމަންމެންނަށް ތިމަންމެންގެ މަގުތައް ދައްކަވާފައިވާއިރު، اللَّه އަށް ތިމަންމެން وكيل ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން ތިމަންމެންނަށް ދިން އުނދަގޫތަކަށް ހަމަކަށަވަރުން، ތިމަންމެން ކެތްކުރާހުށީމުއެވެ. އަދި وكيل ކުރާމީހުން، ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ! |
|
1763 | 14 | 13 | وقال الذين كفروا لرسلهم لنخرجنكم من أرضنا أو لتعودن في ملتنا فأوحى إليهم ربهم لنهلكن الظالمين |
| | | كافر ވި މީހުން، އެއުރެންގެ رسول ންނަށް ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބިމުން ތިޔަބޭކަލުން ނެރެލާހުށީމުއެވެ. ނޫންނަމަަ ތިޔަބޭކަލުން ތިމަންމެންގެ دين އަށް އެނބުރިވަޑައިގަންނަވާހުށިކަމެވެ! ފަހެ، އެބޭކަލުންގެ ވެރިރަސްކަލާނގެ، އެބޭކަލުންނަށް وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަނިޔާވެރިން ހަލާކުކުރައްވާހުށީމެވެ. |
|
1764 | 14 | 14 | ولنسكننكم الأرض من بعدهم ذلك لمن خاف مقامي وخاف وعيد |
| | | އަދި ހަމަކަށަވަރުން، އެއުރެންގެ ފަހުގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން، ބިމުގައި ވަޒަންވެރި ކުރައްވާ ހުށީމެވެ. އެކަންއޮތީ، ތިމަންރަސްކަލާނގެ (މަތިވެރި) مقام އަށް ބިރުވެތިވެ، ތިމަންރަސްކަލާނގެ وعيد އަށް ބިރުވެތިވި މީހުންނަށެވެ. |
|
1765 | 14 | 15 | واستفتحوا وخاب كل جبار عنيد |
| | | އަދި އެބޭކަލުން نصر އަށް އެދި ދެންނެވޫއެވެ. އަދި ހަރުކަށި، ކޮންމެ جبّار އަކު ގެއްލި ހަލާކުވިއެވެ. |
|
1766 | 14 | 16 | من ورائه جهنم ويسقى من ماء صديد |
| | | އޭނާގެ ކުރިމަތީގައިވަނީ، ނަރަކައެވެ. އަދި އޭނާއަށް ބޯންދެއްވާނީ، ފާ ދިޔަފަދަ ފެނަކުންނެވެ. |
|
1767 | 14 | 17 | يتجرعه ولا يكاد يسيغه ويأتيه الموت من كل مكان وما هو بميت ومن ورائه عذاب غليظ |
| | | އޭނާ އެ ދިރުވައިލާނެތެވެ. އޭނާއަށް އެ ދިރުވައިލެވޭނީ، ވަރަށް އުނދަގުލުންނެވެ. އަދި ހުރިހާ ފަރާތަކުން އޭނާގެ ގާތަށް މަރު އަންނާނެތެވެ. (އެކަމަކު) އޭނާ މަރެއް ނުވާނެތެވެ. އަދި އޭނާގެ ކުރިމަތީގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ. |
|
1768 | 14 | 18 | مثل الذين كفروا بربهم أعمالهم كرماد اشتدت به الريح في يوم عاصف لا يقدرون مما كسبوا على شيء ذلك هو الضلال البعيد |
| | | އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވި މީހުންގެ عمل ތަކުގެ مثال، އަޅިތަކެއް ފަދައެވެ. ވިއްސާރަގަދަ ދުވަހެއްގައި، އެއަށް ގަދަ ވައިޖެހި، އެ އަޅިތައް ބުރުއްސައިލިއެވެ. އެއުރެން ހޯދައިގަތް އެއްވެސްކަމެއްގެ މައްޗަށް، އެއުރެންގެ އެއްވެސް ބާރެއް ނެތެވެ. ދުރުވެގެންވާ މަގުފުރެދުމަކީ ހަމައެއީއެވެ. |
|
1769 | 14 | 19 | ألم تر أن الله خلق السماوات والأرض بالحق إن يشأ يذهبكم ويأت بخلق جديد |
| | | ހަމަކަށަވަރުން، اللَّه، حق ގޮތުގައި އުޑުތަކާއި ބިން ހައްދަވާފައިވާކަން ތިބާއަކަށް ނޭނގޭ ހެއްޔެވެ؟ އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި، އާ مخلوق ންތަކެއް ގެންނަވައިފާނެތެވެ. |
|
1770 | 14 | 20 | وما ذلك على الله بعزيز |
| | | އަދި އެކަންތައް اللَّه އަށް އުނދަގޫކަމަކަށް ނުވެތެވެ. |
|
1771 | 14 | 21 | وبرزوا لله جميعا فقال الضعفاء للذين استكبروا إنا كنا لكم تبعا فهل أنتم مغنون عنا من عذاب الله من شيء قالوا لو هدانا الله لهديناكم سواء علينا أجزعنا أم صبرنا ما لنا من محيص |
| | | އެ އެންމެން (ކަށްވަޅުތަކުން) ނުކުމެ، اللَّه ގެ حضرة އަށް އަންނާނެތެވެ. އަދި (އޭގެތެރެއިން) ނިކަމެތިން ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެން މިތިބީ، ތިޔަބައިމީހުންނަށް تبع ވެގެންނެވެ. ފަހެ، ތިޔަބައިމީހުންނަށް اللَّه ގެ عذاب ން ކުޑަމިންވަރެއްނަމަވެސް ތިމަންމެންގެ ކިބައިން ދުރުކޮށްދެވިދާނެ ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. اللَّه ތިމަންމެންނަށް ތެދުމަގު ދެއްކެވިނަމަ، ތިޔަބައިމީހުންނަށް ތިމަންމެން ތެދުމަގު ދެއްކީމުހެވެ. ތިމަންމެން ކެތްނުކުރިޔަސް، ނުވަތަ ކެތްކުރިޔަސް، ތިމަންމެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ފިލަންދާނެ ތަނެއް ތިމަންމެންނަކަށް ނުވެއެވެ. |
|