نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1733 | 13 | 26 | الله يبسط الرزق لمن يشاء ويقدر وفرحوا بالحياة الدنيا وما الحياة الدنيا في الآخرة إلا متاع |
| | | اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. އަދި ދުނިޔޭގެ ދިރިއުޅުމާމެދު އެއުރެން އުފާކުރޫއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ، آخرة ގެ ދިރިއުޅުމާ އަޅައިބަލާއިރު، ވަގުތީ އުފަލެއްކަމުގައި މެނުވީ ނުވެތެވެ. |
|
1734 | 13 | 27 | ويقول الذين كفروا لولا أنزل عليه آية من ربه قل إن الله يضل من يشاء ويهدي إليه من أناب |
| | | كافر ވި މީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ހެތްކެއް އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ، ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ حضرة އަށް އެނބުރި އަންނަ މީހަކަށް ތެދުމަގު ދައްކަވަތެވެ. |
|
1735 | 13 | 28 | الذين آمنوا وتطمئن قلوبهم بذكر الله ألا بذكر الله تطمئن القلوب |
| | | އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ |
|
1736 | 13 | 29 | الذين آمنوا وعملوا الصالحات طوبى لهم وحسن مآب |
| | | އެއުރެންނީ، إيمان ވެ، صالح عمل ތައްކުޅަ މީހުންނެވެ. އެއުރެންނަށް އުފާވެރިކަމާއި، އަދި އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ. |
|
1737 | 13 | 30 | كذلك أرسلناك في أمة قد خلت من قبلها أمم لتتلو عليهم الذي أوحينا إليك وهم يكفرون بالرحمن قل هو ربي لا إله إلا هو عليه توكلت وإليه متاب |
| | | އެފަދައިން ތިމަންރަސްކަލާނގެ ކަލޭގެފާނު أمّة އެއްގެތެރެއަށް ފޮނުއްވީމެވެ. އެ أمّة ގެ ކުރީގައި، އެތައް أمّة ތަކެއް ނިމިގޮސްފައިވެއެވެ. (އެއީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް އިއްވެވި وحى އެއުރެންނަށް ކަލޭގެފާނު ކިޔައިދެއްވުމަށްޓަކައެވެ. (ނަމަވެސް) އެއުރެން رحمن ވަންތަ ރަސްކަލާނގެއަށް كافر ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި، އެހެން إله އަކު ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރި ދިއުންވަނީ އެކަލާނގެ حضرة އަށެވެ. |
|
1738 | 13 | 31 | ولو أن قرآنا سيرت به الجبال أو قطعت به الأرض أو كلم به الموتى بل لله الأمر جميعا أفلم ييأس الذين آمنوا أن لو يشاء الله لهدى الناس جميعا ولا يزال الذين كفروا تصيبهم بما صنعوا قارعة أو تحل قريبا من دارهم حتى يأتي وعد الله إن الله لا يخلف الميعاد |
| | | قرآن އަކުން ފަރުބަދަތައް ލުހެލެވި، ފުނޑުފުނޑުކޮށްލެވޭނެނަމަ، ނުވަތަ ބިންގަނޑު ކުދިކުދި ކޮށްލެވޭނެނަމަ، ނުވަތަ މަރުވެފައިވާ މީހުންނާ ވާހަކަ ދެއްކޭނެނަމަ (އެ قرآن އަކީ މިއީއެވެ.) އަދި ކިއެއްތަ! ހުރިހާ أمر އެއް ކުރެއްވުންވަނީ، اللَّه އަށެވެ. ފަހެ، اللَّه އިރާދަކުރައްވާނަމަ، އެންމެހާ މީސްތަކުންނަށް ތެދުމަގު ދައްކަވައިފާނެކަން، إيمان ވިމީހުންނަށް ނޭނގޭހެއްޔެވެ؟ كافر ވިމީހުންނަށް އެއުރެންކުރި ކަންތައްތަކުން، آفات ތައްޖެހި، ނުވަތަ އެ آفات ތައް، އެއުރެންގެ ގޮވަތިގެދޮރާ ކައިރިއަށް އައުން ފިލައިނުދެއެވެ. اللَّه ގެ وعد ފުޅު އަތުވެއްޖައުމަށް ދާނދެނެވެ. ހަމަކަށަވަރުން، اللَّه، وعد އާ خلاف ވެވޮޑިއެއް ނުގަންނަވަތެވެ. |
|
1739 | 13 | 32 | ولقد استهزئ برسل من قبلك فأمليت للذين كفروا ثم أخذتهم فكيف كان عقاب |
| | | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް، رسول ންނަށް ފުރައްސާރަ ކުރިއެވެ. ފަހެ، كافر ވި މީހުންނަށް ތިމަންރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ عقوبات ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟ |
|
1740 | 13 | 33 | أفمن هو قائم على كل نفس بما كسبت وجعلوا لله شركاء قل سموهم أم تنبئونه بما لا يعلم في الأرض أم بظاهر من القول بل زين للذين كفروا مكرهم وصدوا عن السبيل ومن يضلل الله فما له من هاد |
| | | ފަހެ، ކޮންމެ نفس އަކާއި، އެ نفس އެއް ހޯދައިގަތް عمل ތަކުގެ މައްޗަށް قائم ވެ ބައްލަވާވޮޑިގެންވާ ރަސްކަލާނގެ (އެނޫން ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެއުރެން، اللَّه އަށް شريك ންތަކެއް ލޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އެ ތަކެއްޗަށް ނަންދީ ބަލާށެވެ! ނުވަތަ ބިމުގައި އެކަލާނގެ ދެނެވޮޑިގެންނުވާ ކަމެއްގެ خبر، ތިޔަބައިމީހުން އެކަލާނގެއަށް ދެނީހެއްޔެވެ؟ ނުވަތަ ބޭރުފުށުން ދައްކާ ވާހަކައަކީ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ كافر ވި މީހުންނަށް، އެއުރެންގެ މަކަރުވެރި ރޭވުންތައް ޒީނަތްތެރިކުރެއްވިއެވެ. އަދި އެއުރެން މަގުން އެއްކިބާކުރައްވާފައިވެއެވެ. اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެތެވެ. |
|
1741 | 13 | 34 | لهم عذاب في الحياة الدنيا ولعذاب الآخرة أشق وما لهم من الله من واق |
| | | އެއުރެންނަށް ދުނިޔޭގެ حياة ގައިވެސް عذاب ހުށްޓެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާގަދައެވެ. އަދި اللَّه ގެ عذاب ން ރައްކާތެރިކޮށްދޭނެ އެކަކުވެސް އެއުރެންނަކަށް ނުވެތެވެ. |
|
1742 | 13 | 35 | مثل الجنة التي وعد المتقون تجري من تحتها الأنهار أكلها دائم وظلها تلك عقبى الذين اتقوا وعقبى الكافرين النار |
| | | تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ تقوى ވެރިވި މީހުންގެ ނިމުމެވެ. އަދި كافر ވި މީހުންގެ ނިމުމަކީ ނަރަކައެވެ. |
|