نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1710 | 13 | 3 | وهو الذي مد الأرض وجعل فيها رواسي وأنهارا ومن كل الثمرات جعل فيها زوجين اثنين يغشي الليل النهار إن في ذلك لآيات لقوم يتفكرون |
| | | އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ. |
|
1711 | 13 | 4 | وفي الأرض قطع متجاورات وجنات من أعناب وزرع ونخيل صنوان وغير صنوان يسقى بماء واحد ونفضل بعضها على بعض في الأكل إن في ذلك لآيات لقوم يعقلون |
| | | އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. |
|
1712 | 13 | 5 | وإن تعجب فعجب قولهم أإذا كنا ترابا أإنا لفي خلق جديد أولئك الذين كفروا بربهم وأولئك الأغلال في أعناقهم وأولئك أصحاب النار هم فيها خالدون |
| | | ކަލޭގެފާނު ކަމަކާމެދު عجائب ވެވަޑައިގަންނަވާނަމަ، އެއުރެން އެބުނާ ބަހުގެ މައްޗަށް عجائب ވެވަޑައިގަންނަވާށެވެ! ތިމަންމެން (މަރުވެ) ވެއްޔަށްވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެން އަލުން އުފެދިދާނެހެއްޔެވެ؟ އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވީ މީހުންނެވެ. އަދި އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެއުރެންނަކީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ. |
|
1713 | 13 | 6 | ويستعجلونك بالسيئة قبل الحسنة وقد خلت من قبلهم المثلات وإن ربك لذو مغفرة للناس على ظلمهم وإن ربك لشديد العقاب |
| | | އަދި ރަނގަޅު ކަންތަކުގެ ކުރިން، ނުބައިކަންތައް އަވަސްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދެތެވެ. އަދި އެއުރެންގެ ކުރިން عبرة ލިބެނިވި عقاب އިސްވެގޮސްފައިވާކަން ކަށަވަރެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، މީސްތަކުން އަނިޔާވެރިވުމާއެކުވެސް، އެއުރެންނަށް ފާފަފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقاب ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. |
|
1714 | 13 | 7 | ويقول الذين كفروا لولا أنزل عليه آية من ربه إنما أنت منذر ولكل قوم هاد |
| | | އަދި كافر ވިމީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ހެތްކެއް (އެބަހީ: معجزة އެއް) އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ ކީއްވެގެން ބާވައެވެ! ކަލޭގެފާނު ވާކަންކަަށަވަރީ، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ކޮންމެ قوم އަކަށްމެ ތެދުމަގު ދައްކަވާ رسول އަކު ވެއެވެ. |
|
1715 | 13 | 8 | الله يعلم ما تحمل كل أنثى وما تغيض الأرحام وما تزداد وكل شيء عنده بمقدار |
| | | ކޮންމެ އަންހެނަކުގެ މައިބަނޑުގައި ގަރުބަގަންނަ އެއްޗަކާއި، رحم ތައް އުނިކުރާ އެއްޗަކާއި، އިތުރުކުރާ އެއްޗެއް، اللَّه ދެނެވޮޑިގެންވެތެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ حضرة ގައި ވަނީ މިންވަރު ކުރައްވާފައެވެ. |
|
1716 | 13 | 9 | عالم الغيب والشهادة الكبير المتعال |
| | | (އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ބޮޑުވެގެންވާ މަތިވެރިވަންތަ ރަސްކަލާނގެއެވެ. |
|
1717 | 13 | 10 | سواء منكم من أسر القول ومن جهر به ومن هو مستخف بالليل وسارب بالنهار |
| | | ތިޔަބައިމީހުންކުރެ ބުނާ ބަސް ސިއްރުކުރާ މީހާއާއި، އެ ބަސް ފާޅުކުރާ މީހާއާއި، ރޭގަނޑު (އަނދިރީގައި) ފޮރުވިގެންވާ މީހާއާއި، ދުވާލު އެތަންމިތަނަށް ހިނގާމީހާ (އެކަލާނގެ ދެނެވޮޑިގަތުމުގައި) ހަމަހަމަވެގެންވެތެވެ. |
|
1718 | 13 | 11 | له معقبات من بين يديه ومن خلفه يحفظونه من أمر الله إن الله لا يغير ما بقوم حتى يغيروا ما بأنفسهم وإذا أراد الله بقوم سوءا فلا مرد له وما لهم من دونه من وال |
| | | އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ ملائكة ން ވެއެވެ. اللَّه ގެ أمر ފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ. ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ. |
|
1719 | 13 | 12 | هو الذي يريكم البرق خوفا وطمعا وينشئ السحاب الثقال |
| | | އެކަލާނގެއީ، ތިޔަބައިމީހުންނަށް ބިރުވެރިކަމާއި، اميد ލިބެނިވިގޮތުގައި ވިދުވަރު ދައްކަވާ އަދި (ފެނުން) ބަރުވެފައިވާ ވިލާ އުފައްދަވާ ރަސްކަލާނގެއެވެ. |
|