نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1703 | 12 | 107 | أفأمنوا أن تأتيهم غاشية من عذاب الله أو تأتيهم الساعة بغتة وهم لا يشعرون |
| | | ފަހެ، اللَّه ގެ عذاب ގެ ތެރެއިން ކޯފާއެއް އެއުރެންގެ މައްޗަށް އަތުވެދާނެކަމުގެ ބިރެއް، ނުވަތަ އެއުރެން ނުދެނެތިއްބައި، ކުއްލިއަކަށް قيامة ގެ ވަގުތު އެއުރެންނަށް އަތުވެދާނޭކަމުގެ ބިރެއްނެތި، އެއުރެން އަމާންކަން ލިބިގެން ތިބީހެއްޔެވެ؟ |
|
1704 | 12 | 108 | قل هذه سبيلي أدعو إلى الله على بصيرة أنا ومن اتبعني وسبحان الله وما أنا من المشركين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް تبع ވި މީހުން، اللَّه ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ دليل އާއެކުގައެވެ. އަދި اللَّه ގެ ހުސްطاهر ވަންތަކަމާއެވެ! އަދި شريك ކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ. |
|
1705 | 12 | 109 | وما أرسلنا من قبلك إلا رجالا نوحي إليهم من أهل القرى أفلم يسيروا في الأرض فينظروا كيف كان عاقبة الذين من قبلهم ولدار الآخرة خير للذين اتقوا أفلا تعقلون |
| | | އަދި ކަލޭގެފާނުގެ ކުރިންވެސް، ރަށްތަކުގެ أهل ވެރިންގެ ތެރެއިން އެބަޔަކަށް ތިމަންރަސްކަލާނގެ وحى އިއްވަވައި، رسول ކަމާއިގެން ފިރިހެނުން މެނުވީ ނުފޮނުއްވަމެވެ. ފަހެ، ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، تقوى ވެރިވި މީހުންނަށް، آخرة ގެ ގޮވަތި، ހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ |
|
1706 | 12 | 110 | حتى إذا استيأس الرسل وظنوا أنهم قد كذبوا جاءهم نصرنا فنجي من نشاء ولا يرد بأسنا عن القوم المجرمين |
| | | (މެދުވެރިވާ ދުއްތުރާތަކުގެ ސަބަބުން) رسول ންގެ اميد ކެނޑިި، އެބޭކަލުން ދޮގުކުރެވުނީކަމަށް އެބޭކަލުންނަށް ހީވެދާހިނދު، ތިމަންރަސްކަލާނގެ نصر، އެބޭކަލުންނަށް އަތުވެދެއެވެ. ފަހެ، ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު ސަލާމަތްކުރައްވަމެވެ. އަދި ކުށްވެރިވި މީހުންގެ ކިބައިން، ތިމަންރަސްކަލާނގެ عذاب އަނބުރާ ރައްދުނުކުރެވޭ ހުށްޓެވެ. |
|
1707 | 12 | 111 | لقد كان في قصصهم عبرة لأولي الألباب ما كان حديثا يفترى ولكن تصديق الذي بين يديه وتفصيل كل شيء وهدى ورحمة لقوم يؤمنون |
| | | ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއް ވާކަން ކަށަވަރެވެ. އެ قرآن އަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް تفصيل ކޮށްދޭ، އަދި إيمان ވާ ބަޔަކަށް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައިވާ ފޮތެވެ. |
|
1708 | 13 | 1 | بسم الله الرحمن الرحيم المر تلك آيات الكتاب والذي أنزل إليك من ربك الحق ولكن أكثر الناس لا يؤمنون |
| | | ا ل م ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ފޮތުގެ آية ތަކެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި حق ތެދެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ފޮތަކަށް) إيمان އެއް ނުވެތެވެ. |
|
1709 | 13 | 2 | الله الذي رفع السماوات بغير عمد ترونها ثم استوى على العرش وسخر الشمس والقمر كل يجري لأجل مسمى يدبر الأمر يفصل الآيات لعلكم بلقاء ربكم توقنون |
| | | اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمة ތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. آية ތައް تفصيل ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقين ކުރުމަށްޓަކައެވެ. |
|
1710 | 13 | 3 | وهو الذي مد الأرض وجعل فيها رواسي وأنهارا ومن كل الثمرات جعل فيها زوجين اثنين يغشي الليل النهار إن في ذلك لآيات لقوم يتفكرون |
| | | އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ. |
|
1711 | 13 | 4 | وفي الأرض قطع متجاورات وجنات من أعناب وزرع ونخيل صنوان وغير صنوان يسقى بماء واحد ونفضل بعضها على بعض في الأكل إن في ذلك لآيات لقوم يعقلون |
| | | އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. |
|
1712 | 13 | 5 | وإن تعجب فعجب قولهم أإذا كنا ترابا أإنا لفي خلق جديد أولئك الذين كفروا بربهم وأولئك الأغلال في أعناقهم وأولئك أصحاب النار هم فيها خالدون |
| | | ކަލޭގެފާނު ކަމަކާމެދު عجائب ވެވަޑައިގަންނަވާނަމަ، އެއުރެން އެބުނާ ބަހުގެ މައްޗަށް عجائب ވެވަޑައިގަންނަވާށެވެ! ތިމަންމެން (މަރުވެ) ވެއްޔަށްވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެން އަލުން އުފެދިދާނެހެއްޔެވެ؟ އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވީ މީހުންނެވެ. އަދި އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެއުރެންނަކީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ. |
|