نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1593 | 11 | 120 | وكلا نقص عليك من أنباء الرسل ما نثبت به فؤادك وجاءك في هذه الحق وموعظة وذكرى للمؤمنين |
| | | އަދި رسول ންގެ خبر ތަކުގެ ތެރެއިން މިއެންމެހާ خبر ތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ. އަދި މި خبر ތަކުގައި ކަލޭގެފާނާ ހަމަޔަށް އައިސްފައިވަނީ، حق ތެދުބަސްފުޅެވެ. އަދި مؤمن ތަކުންނަށް وعظ އަކާއި، ހަނދާންކޮށްދިނުމެކެވެ. |
|
1594 | 11 | 121 | وقل للذين لا يؤمنون اعملوا على مكانتكم إنا عاملون |
| | | إيمان ނުވާ މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން ތިޔަބައިމީހުން عمل ކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް (ތިމަންމެންގެ ގޮތުގައި) عمل ކުރާނޫއެވެ. |
|
1595 | 11 | 122 | وانتظروا إنا منتظرون |
| | | އަދި ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް، انتظار ކުރާނޫއެވެ. |
|
1596 | 11 | 123 | ولله غيب السماوات والأرض وإليه يرجع الأمر كله فاعبده وتوكل عليه وما ربك بغافل عما تعملون |
| | | އަދި އުޑުތަކާއި، ބިމުގެ غيب ملك ވެގެންވަނީ، اللَّه އަށެވެ. އަދި އެންމެހާ ކަންތައް رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. ފަހެ، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ! އަދި އެކަލާނގެއަށް وكيل ކުރައްވާށެވެ! ތިޔަބައިމީހުންކުރާ عمل ތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ غافل ވެ ވޮޑިގެނެއް ނުވެތެވެ. |
|
1597 | 12 | 1 | بسم الله الرحمن الرحيم الر تلك آيات الكتاب المبين |
| | | ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ފާޅުވެ ބަޔާންވެގެންވާ، ފޮތުގެ آية ތަކެވެ. |
|
1598 | 12 | 2 | إنا أنزلناه قرآنا عربيا لعلكم تعقلون |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީ، عرب ބަހުންއޮތް قرآن އެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ. |
|
1599 | 12 | 3 | نحن نقص عليك أحسن القصص بما أوحينا إليك هذا القرآن وإن كنت من قبله لمن الغافلين |
| | | އެންމެ ރިވެތި ވާހަކަތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ. (އެއީ) ތިމަންރަސްކަލާނގެ، ކަލޭގެފާނަށް މި قرآن وحى ކުރެއްވި ކުރެއްވުމުންނެވެ. އޭގެކުރިން، ކަލޭގެފާނު އެ ވާހަކަތައް ނުދަންނަ މީހުންގެ ތެރެއިން ވީނަމަވެހެވެ. |
|
1600 | 12 | 4 | إذ قال يوسف لأبيه يا أبت إني رأيت أحد عشر كوكبا والشمس والقمر رأيتهم لي ساجدين |
| | | يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ. |
|
1601 | 12 | 5 | قال يا بني لا تقصص رؤياك على إخوتك فيكيدوا لك كيدا إن الشيطان للإنسان عدو مبين |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، شيطان އާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ. |
|
1602 | 12 | 6 | وكذلك يجتبيك ربك ويعلمك من تأويل الأحاديث ويتم نعمته عليك وعلى آل يعقوب كما أتمها على أبويك من قبل إبراهيم وإسحاق إن ربك عليم حكيم |
| | | އަދި ހަމައެފަދައިން، ތިބާގެ ވެރިރަސްކަލާނގެ، ތިބާ خيار ކުރައްވައި، ހުވަފެނުގެ ވާހަކަތައް، މާނަކުރުން ތިބާޔަށް ދަސްކޮށްދެއްވައި، އަދި ތިބާޔަށާއި، يعقوب ގެ ދަރިކޮޅަށް، އެކަލާނގެ نعمة ތައް ފުރިހަމަކޮށްދެއްވާނެތެވެ. (އެއީ) މީގެކުރިން، ތިބާގެ ދެކާފައިން ކަމަށްވާ، إبراهيم ގެފާނާއި، إسحاق ގެފާނަށް އެ نعمة ތައް ފުރިހަމަކޮށްދެއްވި ފަދައިންނެވެ. ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. |
|