نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
160 | 2 | 153 | يا أيها الذين آمنوا استعينوا بالصبر والصلاة إن الله مع الصابرين |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. |
|
161 | 2 | 154 | ولا تقولوا لمن يقتل في سبيل الله أموات بل أحياء ولكن لا تشعرون |
| | | އަދި اللَّه ގެ މަގުގައި (جهاد ކުރަނިކޮށް) شهيد ވާ މީހުންނާމެދު (އެއީ) މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެއުރެންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެކަން) ތިޔަބައިމީހުންނަށް ނޭނގެނީއެވެ. |
|
162 | 2 | 155 | ولنبلونكم بشيء من الخوف والجوع ونقص من الأموال والأنفس والثمرات وبشر الصابرين |
| | | ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! |
|
163 | 2 | 156 | الذين إذا أصابتهم مصيبة قالوا إنا لله وإنا إليه راجعون |
| | | އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. |
|
164 | 2 | 157 | أولئك عليهم صلوات من ربهم ورحمة وأولئك هم المهتدون |
| | | އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ. |
|
165 | 2 | 158 | إن الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما ومن تطوع خيرا فإن الله شاكر عليم |
| | | ހަމަކަށަވަރުން، صفا އާއި مروة ވަނީ اللَّه ގެ شعائر (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ގެ ތެރެއިންނެވެ. ފަހެ، ގެފުޅަށްގޮސް حج ވާ މީހާ ނުވަތަ عمرة ވާ މީހާ، އެ ދެތާނގައި ހިނގައި سعى ކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި (فرض ގެ އިތުރަށް) ހެޔޮކަމެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން اللَّه އީ، (އެފަދަ މީހުންނަށް) شكر ވެރިވެވޮޑިިގެންވާ (އެބަހީ: އެއުރެންނަށް ހެޔޮ ޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
166 | 2 | 159 | إن الذين يكتمون ما أنزلنا من البينات والهدى من بعد ما بيناه للناس في الكتاب أولئك يلعنهم الله ويلعنهم اللاعنون |
| | | ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަންރަސްކަލާނގެ އެފޮތުގައި ބަޔާންކޮށް ދެއްވުމަށްފަހު، އެތަކެތި ވަންހަނާކުރާ މީހުން (ދަންނާށެވެ!) އެއުރެންނަށް اللَّه، لعنة ލައްވާނެތެވެ. އަދި لعنة ދޭ މީހުންވެސް އެއުރެންނަށް لعنة ދޭނެތެވެ. |
|
167 | 2 | 160 | إلا الذين تابوا وأصلحوا وبينوا فأولئك أتوب عليهم وأنا التواب الرحيم |
| | | އެއުރެން توبة ވެ (އެއުރެންގެ عمل ތައް) إصلاح ކޮށް (ވަންހަނާކުރި ކަންތައް) بيان ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ توبة ލައްވާހުށީމެވެ. ތިމަންރަސްކަލާނގެއީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ. |
|
168 | 2 | 161 | إن الذين كفروا وماتوا وهم كفار أولئك عليهم لعنة الله والملائكة والناس أجمعين |
| | | ހަމަކަށަވަރުން كافر ވެ އަދި كافر ން ކަމުގައިތިބެ މަރުވި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް اللَّه އާއި ملائكة ންނާއި އެންމެހާ މީސްތަކުންގެ لعنة ހުށްޓެވެ. |
|
169 | 2 | 162 | خالدين فيها لا يخفف عنهم العذاب ولا هم ينظرون |
| | | އެއުރެން އެ لعنة ގައި ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެންނަށް (عذاب ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ. |
|