نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1569 | 11 | 96 | ولقد أرسلنا موسى بآياتنا وسلطان مبين |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާއި، ބަޔާންވެގެންވާ حجّة އަކާއެކު، موسى ގެފާނު ފޮނުއްވީމެވެ. |
|
1570 | 11 | 97 | إلى فرعون وملئه فاتبعوا أمر فرعون وما أمر فرعون برشيد |
| | | فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ، އެއުރެން فرعون ގެ أمر އަށް تبع ވޫއެވެ. فرعون ގެ أمر ހެޔޮލަފާ أمر އެއްކަމުގައި ނުވެތެވެ. |
|
1571 | 11 | 98 | يقدم قومه يوم القيامة فأوردهم النار وبئس الورد المورود |
| | | قيامة ދުވަހުން، އޭނާގެ قوم ގެމީހުންގެ ކުރީގައިހުރެ، އެއުރެން ނަރަކައަށް ގެންގޮސް ވައްދާނެތެވެ. (އެއުރެންނަށް) ވަދެވޭތަނުގެ ހުރި ނުބައިކަމާއެވެ! |
|
1572 | 11 | 99 | وأتبعوا في هذه لعنة ويوم القيامة بئس الرفد المرفود |
| | | މި ދުނިޔެމަތީގައި އެއުރެންނަށް لعنة ލެއްވިއެވެ. އަދި قيامة ދުވަހުންވެސް މެއެވެ. (އެއުރެންނަށް) ދެއްވާނެ އެއްޗެއްގެ ހުރި ނުބައިކަމާއެވެ! |
|
1573 | 11 | 100 | ذلك من أنباء القرى نقصه عليك منها قائم وحصيد |
| | | އެއީ ރަށްތަކުގެ خبر ތަކުގެ ތެރެއިން ބަޔެކެވެ. ތިމަންރަސްކަލާނގެ އެ خبر ތައް ކަލޭގެފާނަށް ކިޔައިދެއްވަމެވެ. قائم ވެހުރި ރަށްތަކާއި، ނެތި ހަލާކުވެގެންދިޔަ ރަށްތައް އޭގެތެރެއިންވެއެވެ. |
|
1574 | 11 | 101 | وما ظلمناهم ولكن ظلموا أنفسهم فما أغنت عنهم آلهتهم التي يدعون من دون الله من شيء لما جاء أمر ربك وما زادوهم غير تتبيب |
| | | އަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އެއުރެން އަނިޔާވެރިވޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅު އައިހިނދު، اللَّه ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅުނު އެއުރެންގެ إله ންތައް، އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދެތެވެ. އެ إله ން، އެއުރެންނަށް ގެއްލުންދިނުން މެނުވީ އިތުރެއް ނުކުރެތެވެ. |
|
1575 | 11 | 102 | وكذلك أخذ ربك إذا أخذ القرى وهي ظالمة إن أخذه أليم شديد |
| | | ރަށްތައް (އެބަހީ: ރަށްތަކުގެ أهل ވެރިން) އަނިޔާވެރިވެގެންވާ حال، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ. |
|
1576 | 11 | 103 | إن في ذلك لآية لمن خاف عذاب الآخرة ذلك يوم مجموع له الناس وذلك يوم مشهود |
| | | ހަމަކަށަވަރުން، آخرة ގެ عذاب އަށް ބިރުވެތިވެއްޖެ މީހާއަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. އެއީ އެދުވަހަށްޓަކައި މީސްތަކުން އެއްކުރައްވާނޭ ދުވަހެކެވެ. އަދި އެއީ (އެންމެން) ދެކޭނޭ ދުވަހެކެވެ. |
|
1577 | 11 | 104 | وما نؤخره إلا لأجل معدود |
| | | އަދި عدد ކުރައްވާފައިވާ މުއްދަތަކަށް މެނުވީ، ތިމަންރަސްކަލާނގެ އެދުވަސް ފަހެއް ނުކުރައްވަމެވެ. |
|
1578 | 11 | 105 | يوم يأت لا تكلم نفس إلا بإذنه فمنهم شقي وسعيد |
| | | އެދުވަސް އައުމުން، އެކަލާނގެ إذن ފުޅާއެކުގައި މެނުވީ، އެއްވެސް نفس އަކަށް ބަހެއްވެސް ނުބުނެވޭނެތެވެ. ފަހެ، އަބާއްޖަވެރިންނާއި، ބާއްޖަވެރިން އެއުރެންގެ ތެރެއިންވެއެވެ. |
|