نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1562 | 11 | 89 | ويا قوم لا يجرمنكم شقاقي أن يصيبكم مثل ما أصاب قوم نوح أو قوم هود أو قوم صالح وما قوم لوط منكم ببعيد |
| | | އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންނާ ދެކޮޅުވެރިވުން އެއީ، ތިޔަބައިމީހުންނަށް مصيبة ޖެހޭކަމަކަށް ނުހަދާހުށިކަމެވެ! (އެއީ) نوح ގެފާނުގެ قوم ގެމީހުންނަށް، ނުވަތަ هود ގެފާނުގެ قوم ގެމީހުންނަށް، ނުވަތަ صالح ގެފާނުގެ قوم ގެމީހުންނަށް ޖެހުނުފަދަ مصيبة އެކެވެ. لوط ގެފާނުގެ قوم ގެމީހުން (ހަލާކުވެދިޔަ ދުވަސް) ތިޔަބައިމީހުންނާ ދުރެއްގައެއް ނުވެއެވެ. |
|
1563 | 11 | 90 | واستغفروا ربكم ثم توبوا إليه إن ربي رحيم ودود |
| | | އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް ފާފަފުއްސެވުންއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ދެން ތިޔަބައިމީހުން އެކަލާނގެއަށް توبة ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ رحيم ވަންތަ ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. |
|
1564 | 11 | 91 | قالوا يا شعيب ما نفقه كثيرا مما تقول وإنا لنراك فينا ضعيفا ولولا رهطك لرجمناك وما أنت علينا بعزيز |
| | | އެއުރެން ދެންނެވޫއެވެ. އޭ شعيب ގެފާނެވެ! ކަލޭގެފާނު ވިދާޅުވާ އެއްޗެހީގެ ތެރެއިން ގިނައެއްޗެހި، ތިމަންމެންނަކަށް ނުވިސްނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ދެކެނީ، ކަލޭގެފާނަކީ ތިމަންމެންގެ ތެރޭގައިވާ ނިކަމެއްޗެއް ކަމަށެވެ. އަދި ކަލޭގެފާނުގެ ގާތްތިމާގެ މީސްކޮޅު ނުވާނަމަ، ތިމަންމެން ހަމަކަށަވަރުންވެސް، ކަލޭގެފާނު رجم ކުޅައީމުހެވެ. އަދި ކަލޭގެފާނަކީ، ތިމަންމެންގެ މައްޗަށް ހުންނެވި عزّة ތެރިޔަކީމުއެއް ނޫނެވެ. |
|
1565 | 11 | 92 | قال يا قوم أرهطي أعز عليكم من الله واتخذتموه وراءكم ظهريا إن ربي بما تعملون محيط |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! اللَّه އަށްވުރެވެސް ބޮޑަށް، ތިޔަބައިމީހުންގެ މައްޗަށް عزّة ތެރިވެގެންވަނީ އަހުރެންގެ ގާތްތިމާގެ މީސްކޮޅު ހެއްޔެވެ؟ އަދި އެކަލާނގެއީ، ތިޔަބައިމީހުންގެ ފުރަގަހަށް ދޫކޮށްފައިވާ ފަރާތެއްކަމުގައި ތިޔަބައިމީހުން ހަދައިފީމުއެވެ. ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
1566 | 11 | 93 | ويا قوم اعملوا على مكانتكم إني عامل سوف تعلمون من يأتيه عذاب يخزيه ومن هو كاذب وارتقبوا إني معكم رقيب |
| | | އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން ތިޔަބައިމީހުން عمل ކޮށްބަލާށެވެ! ހަމަކަށަވަރުން، އަހުރެންވެސް (އަހުރެންގެ ގޮތުގައި) عمل ކުރާހުށީމެވެ. އެމީހަކު ނިކަމެތި ކުރަނިވި عذاب އެއް، އެމީހަކާ ހަމަޔަށް އަންނަ މީހަކީ، ކާކުކަމާއި، ދޮގުހަދާ މީހަކީ ކާކުކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. އަދި ތިޔަބައިމީހުން ބަލަބަލާ ތިބޭށެވެ! ހަމަކަށަވަރުން، އަހުރެންވެސް ތިޔަބައިމީހުންނާއެކު ބަލަބަލާ އެބަހުރީމެވެ. |
|
1567 | 11 | 94 | ولما جاء أمرنا نجينا شعيبا والذين آمنوا معه برحمة منا وأخذت الذين ظلموا الصيحة فأصبحوا في ديارهم جاثمين |
| | | އަދި ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، شعيب ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބި މީހުން، ތިމަންރަސްކަލާނގެ رحمة ފުޅުން ސަލާމަތްކުރެއްވީމެވެ. އަދި (ބިރުވެރި) އަޑުއައިސް، އަނިޔާވެރިވީ މީހުން ހަލާކު ކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތި ގެދޮރުގައި އެއުރެންތިބީ، ކަކޫމައްޗަށް ތިރިވެ، މަރުވެފައެވެ. |
|
1568 | 11 | 95 | كأن لم يغنوا فيها ألا بعدا لمدين كما بعدت ثمود |
| | | އެއުރެން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ! ثمود ބާގައި މީހުންވެސް ހަލާކުވެ ނެތިދިޔަފަދައިން، مد يَن ގެމީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ. |
|
1569 | 11 | 96 | ولقد أرسلنا موسى بآياتنا وسلطان مبين |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާއި، ބަޔާންވެގެންވާ حجّة އަކާއެކު، موسى ގެފާނު ފޮނުއްވީމެވެ. |
|
1570 | 11 | 97 | إلى فرعون وملئه فاتبعوا أمر فرعون وما أمر فرعون برشيد |
| | | فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ، އެއުރެން فرعون ގެ أمر އަށް تبع ވޫއެވެ. فرعون ގެ أمر ހެޔޮލަފާ أمر އެއްކަމުގައި ނުވެތެވެ. |
|
1571 | 11 | 98 | يقدم قومه يوم القيامة فأوردهم النار وبئس الورد المورود |
| | | قيامة ދުވަހުން، އޭނާގެ قوم ގެމީހުންގެ ކުރީގައިހުރެ، އެއުރެން ނަރަކައަށް ގެންގޮސް ވައްދާނެތެވެ. (އެއުރެންނަށް) ވަދެވޭތަނުގެ ހުރި ނުބައިކަމާއެވެ! |
|