نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1482 | 11 | 9 | ولئن أذقنا الإنسان منا رحمة ثم نزعناها منه إنه ليئوس كفور |
| | | އަދި ތިމަންރަސްކަލާނގެ އިންސާނާާއަށް رحمة އެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ رحمة ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ رحمة ން އުންމީދުކަނޑައި، نعمة އަށް ދެކޮޅުހަދާ كافر އަކަށެވެ. |
|
1483 | 11 | 10 | ولئن أذقناه نعماء بعد ضراء مسته ليقولن ذهب السيئات عني إنه لفرح فخور |
| | | އަދި، އެ އިންސާނާއަށް ޖެހުނު مصيبة އަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ مصيبة އެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ فخر ވެރިވެފައެވެ. |
|
1484 | 11 | 11 | إلا الذين صبروا وعملوا الصالحات أولئك لهم مغفرة وأجر كبير |
| | | ކެތްތެރިވެ، صالح عمل ތައްކުރި މީހުން މެނުވީއެވެ. އެއުރެންނަށް، ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުށްޓެވެ. |
|
1485 | 11 | 12 | فلعلك تارك بعض ما يوحى إليك وضائق به صدرك أن يقولوا لولا أنزل عليه كنز أو جاء معه ملك إنما أنت نذير والله على كل شيء وكيل |
| | | ފަހެ، އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވީ ކީއްވެހޭ، ނުވަތަ އެކަލޭގެފާނުގެ އަރިހުގައި ملائكة އަކު ވަޑައިނުގަތީކީއްވެހޭ، އެއުރެން ބުނެފާނެކަމަށްޓަކައި، ކަލޭގެފާނަށް وحى ކުރައްވާ ތަކެތިން ބައެއް، ކަލޭގެފާނު ދޫކޮށްލައްވައިފާނެ ހެއްޔެވެ؟ (އެބަހީ: ދޫކޮށެއްނުލައްވާނެތެވެ.) އަދި އެ ތަކެތި ކިޔަވައި ވިދާޅުވުމުން، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެސްވެދާނެތެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި اللَّه އީ، ހުރިހާ ތަކެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ ރަސްކަލާނގެއެވެ. |
|
1486 | 11 | 13 | أم يقولون افتراه قل فأتوا بعشر سور مثله مفتريات وادعوا من استطعتم من دون الله إن كنتم صادقين |
| | | ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި آية ތަކެއް ކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އަމިއްލައަށް ހަދާފައިވާ އެކަހަލަ ދިހަ سورة ތިޔަބައިމީހުން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللًّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހާ ބަޔަކަށް ނިކަން ގޮވައިގެނެސްބަލާށެވެ! |
|
1487 | 11 | 14 | فإلم يستجيبوا لكم فاعلموا أنما أنزل بعلم الله وأن لا إله إلا هو فهل أنتم مسلمون |
| | | ފަހެ، އެއުރެން ތިޔަބައިމީހުންނަށް އިޖާބަ ނުދީފިނަމަ، ފަހެ، ތިޔަބައިމީހުން ދަންނާށެވެ! އެ آية ތައް ބާވައިލައްވާފައިވަނީ، اللَّه ގެ ދެނެވޮޑިގަތުމާ އެކުގައެވެ. އަދި އެކަލާނގެ މެނުވީ، حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވެތެވެ. ފަހެ، ތިޔަބައިމީހުން مسلم ން ކަމުގައި ވާނޫހެއްޔެވެ؟ |
|
1488 | 11 | 15 | من كان يريد الحياة الدنيا وزينتها نوف إليهم أعمالهم فيها وهم فيها لا يبخسون |
| | | ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ عمل ތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ. |
|
1489 | 11 | 16 | أولئك الذين ليس لهم في الآخرة إلا النار وحبط ما صنعوا فيها وباطل ما كانوا يعملون |
| | | އެއުރެންނީ آخرة ގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް باطل ވެގެންވެތެވެ. |
|
1490 | 11 | 17 | أفمن كان على بينة من ربه ويتلوه شاهد منه ومن قبله كتاب موسى إماما ورحمة أولئك يؤمنون به ومن يكفر به من الأحزاب فالنار موعده فلا تك في مرية منه إنه الحق من ربك ولكن أكثر الناس لا يؤمنون |
| | | ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ ހެތްކެއްގެ މަތީގައި ހުރި މީހާވެސް ހެއްޔެވެ؟ (އެބަހީ: އެފަދަ މީހާއާއި، އިސްވެދިޔަ آية ގައި بيان ވެގެންވާ މީހުންނާ އެއްގޮތެއްނޫނެވެ.) އަދި އެކަލާނގެ حضرة ން ފޮނުއްވި ހެތްކެއް، އެއާވިދިގެން އާދެތެވެ. އަދި އޭގެކުރިން إمام އެއްގެ ގޮތުގައްޔާއި، رحمة އެއްގެ ގޮތުގައި موسى ގެފާނުގެ ފޮތް އޮތެވެ. އެއުރެން (އެބަހީ: ހެތްކެއްގެ މަތީގައިވާ މީހުން) އެއަށް إيمان ވެތެވެ. އަދި جماعة ތަކުގެ ތެރެއިން އެ ފޮތަށް كافر ވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް وعد ކުރައްވާފައިވާ ތަނަކީ، ނަރަކައެވެ. ފަހެ، ކަލޭގެފާނު އެކަމާމެދު شك އެއްގައި ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި حق ގޮތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެއަކަށް) إيمان އެއް ނުވެތެވެ. |
|
1491 | 11 | 18 | ومن أظلم ممن افترى على الله كذبا أولئك يعرضون على ربهم ويقول الأشهاد هؤلاء الذين كذبوا على ربهم ألا لعنة الله على الظالمين |
| | | اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން ހުށަހެޅޭނެތެވެ. އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ. |
|