نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1404 | 10 | 40 | ومنهم من يؤمن به ومنهم من لا يؤمن به وربك أعلم بالمفسدين |
| | | އެއުރެންގެ ތެރޭގައި އެ قرآن އަށް إيمان ވާ ބަޔަކުވެއެވެ. އަދި އެއުރެންގެ ތެރޭގައި އެ قرآن އަށް إيمان ނުވާ ބަޔަކުވެސްވެއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، فساد ކުރާމީހުން އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
1405 | 10 | 41 | وإن كذبوك فقل لي عملي ولكم عملكم أنتم بريئون مما أعمل وأنا بريء مما تعملون |
| | | އަދި އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް، ތިމަންކަލޭގެފާނު ކުރެއްވި عمل އެކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުން ކުޅަ عمل އެކެވެ. ތިމަންކަލޭގެފާނު ކުރައްވާ عمل ތަކުން، ތިޔަބައިމީހުންވަނީ، ބަރީއަވެގެންނެވެ. އަދި ތިޔަބައިމީހުން ކުރާ عمل ތަކުން، ތިމަންކަލޭގެފާނު ވަނީ ބަރީއަވެގެންނެވެ. |
|
1406 | 10 | 42 | ومنهم من يستمعون إليك أفأنت تسمع الصم ولو كانوا لا يعقلون |
| | | އަދި އެއުރެންގެ ތެރޭގައި، ކަލޭގެފާނަށް ކަނުލައިއަހާ މީހުންވެއެވެ. ފަހެ، ބީރުބަޔަކަށް، އެއުރެންނަށް ނުވިސްނޭކަމުގައިވިޔަސް، ކަލޭގެފާނު އިއްވަވަނީތޯއެވެ؟ |
|
1407 | 10 | 43 | ومنهم من ينظر إليك أفأنت تهدي العمي ولو كانوا لا يبصرون |
| | | އަދި އެއުރެންގެ ތެރޭގައި ކަލޭގެފާނަށް ބަލާމީހުންވެއެވެ. ފަހެ، ކަނުބަޔަކަށް، އެއުރެންނަށް ނުފެންނަކަމުގައިވިޔަސް، ކަލޭގެފާނު މަގުދައްކަވަނީތޯއެވެ؟ |
|
1408 | 10 | 44 | إن الله لا يظلم الناس شيئا ولكن الناس أنفسهم يظلمون |
| | | ހަމަކަށަވަރުން، اللَّه، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުރެތެވެ. |
|
1409 | 10 | 45 | ويوم يحشرهم كأن لم يلبثوا إلا ساعة من النهار يتعارفون بينهم قد خسر الذين كذبوا بلقاء الله وما كانوا مهتدين |
| | | އެކަލާނގެ އެއުރެން محشر އަށް ފޮނުއްވާ ދުވަހު، ދުވާލުން ساعة އެއްގެ މިންވަރަށް މެނުވީ (ދުނިޔޭގައި ނުވަތަ ކަށްވަޅުގައި) އެއުރެން ނުތިބޭކަހަލައެވެ. އެއުރެންގެ މެދުގައި تعارف ވާނެތެވެ. اللَّه އާ ބައްދަލުވާނޭކަން ދޮގުކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އަދި އެއުރެންނީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. |
|
1410 | 10 | 46 | وإما نرينك بعض الذي نعدهم أو نتوفينك فإلينا مرجعهم ثم الله شهيد على ما يفعلون |
| | | އެއުރެންނަށް ތިމަންރަސްކަލާނގެ وعد ކުރެއްވި ބައެއްކަންތައް ކަލޭގެފާނަށް ދެއްކެވިޔަސް، ނުވަތަ (އޭގެކުރިން) ތިމަންރަސްކަލާނގެ ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ، އެއުރެންގެ رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ މައްޗަށް، اللَّه ހެކިވެވޮޑިގަންނަވާނެތެވެ. |
|
1411 | 10 | 47 | ولكل أمة رسول فإذا جاء رسولهم قضي بينهم بالقسط وهم لا يظلمون |
| | | އަދި ކޮންމެ أمّة އަކަށްވެސް رسول އަކުވެއެވެ. ފަހެ، (قيامة ދުވަހުން) އެ أمّة އެއްގެ رسول އަކު ވަޑައިގަތުމުން، އެއުރެންގެ މެދުގައި عدل އަށް حكم ކުރައްވާނެތެވެ. އަދި އެއުރަންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. |
|
1412 | 10 | 48 | ويقولون متى هذا الوعد إن كنتم صادقين |
| | | އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ |
|
1413 | 10 | 49 | قل لا أملك لنفسي ضرا ولا نفعا إلا ما شاء الله لكل أمة أجل إذا جاء أجلهم فلا يستأخرون ساعة ولا يستقدمون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ އަމިއްލަ نفس އަށް ގެއްލުމެއް ދިނުމަކީވެސް، އަދި މަންފާއެއް ދިނުމަކީވެސް، ތިމަންކަލޭގެފާނުގެ ބާރުގެ ދަށުގައިވާ ކަމެއްނޫނެވެ. اللَّه އިރާދަކުރެއްވިކަމެއް މެނުވީއެވެ. ކޮންމެ أمّة އަކަށްވެސް أجل އެއްވެއެވެ. އެއުރެންގެ أجل އަތުވެއްޖެނަމަ، އެންމެ ساعة އެއްގެ އިރުވެސް އެއުރެންނަކަށް ލަހެއްނުކުރައްވާނެތެވެ. އަދި އަވަހެއްވެސް ނުމެކުރައްވާނޭމެއެވެ. |
|