نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1391 | 10 | 27 | والذين كسبوا السيئات جزاء سيئة بمثلها وترهقهم ذلة ما لهم من الله من عاصم كأنما أغشيت وجوههم قطعا من الليل مظلما أولئك أصحاب النار هم فيها خالدون |
| | | އަދި ނުބައި عمل ތައް ކުރި މީހުންނަށްހުރީ، ކޮންމެ ނުބައިކަމަކަށް އެފަދަ ޖަޒާއެވެ. އަދި އެއުރެންގެ މައްޗަށް ފެތުރިފައިވަނީ ނިކަމެތިކަމެވެ. اللَّه ގެ عذاب ން ރައްކާތެރިކުރާނޭ އެއްވެސް ފަރާތެއް އެއުރެންނަކަށް ނުވެއެވެ. އެއުރެންގެ މޫނުތައް، ކަޅު އަނދިރި ރޭގަނޑުން ބައެއްލައްވައި ނިވާކުރައްވާފައިވާ ކަހަލައެވެ. އެއުރެންނަކީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ. |
|
1392 | 10 | 28 | ويوم نحشرهم جميعا ثم نقول للذين أشركوا مكانكم أنتم وشركاؤكم فزيلنا بينهم وقال شركاؤهم ما كنتم إيانا تعبدون |
| | | ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) ދެން شريك ކުޅަ މީހުންނަށް، ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުން شريك ކުޅަ ތަކެތި ތިބިތާނގައި ތިބޭށެވެ! ފަހެ، އެއުރެންގެ މެދުގައިވާ ގުޅުންތައް ތިމަންރަސްކަލާނގެ ވަނީ ކަނޑުއްވައި ވަކިކުރައްވާފައެވެ. އަދި އެއުރެން شريك ކުޅަ ތަކެތި ބުނާނެތެވެ. ތިޔަބައިމީހުން އަޅުކަންކޮށް އުޅުނީ ތިމަންމެންނަކަށް ނޫނެވެ. |
|
1393 | 10 | 29 | فكفى بالله شهيدا بيننا وبينكم إن كنا عن عبادتكم لغافلين |
| | | ފަހެ، ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކަކަށް اللَّه ފުދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުޅަ އަޅުކަމުން ތިމަންމެންވަނީ غافل ވެގެންނެވެ. |
|
1394 | 10 | 30 | هنالك تبلو كل نفس ما أسلفت وردوا إلى الله مولاهم الحق وضل عنهم ما كانوا يفترون |
| | | އެތާނގައި ކޮންމެ نفس އަކަށްމެ، އެ نفس އެއް އިސްކުޅަ عمل އެއްގެގޮތް އެނގޭނެތެވެ. އަދި އެއުރެންގެ އެހީތެރިވަންތަ، حق ވަންތަ اللَّه ގެ حضرة އަށް އެއުރެން ރައްދުކުރައްވާނެތެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން އުޅުނު ކަންތައްތައް، އެއުރެންގެ ކިބައިން ގެއްލިގެން ހިނގައިދާނެތެވެ. |
|
1395 | 10 | 31 | قل من يرزقكم من السماء والأرض أمن يملك السمع والأبصار ومن يخرج الحي من الميت ويخرج الميت من الحي ومن يدبر الأمر فسيقولون الله فقل أفلا تتقون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން رزق ދެއްވަނީ ކާކުހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން ملك ވެގެންވަނީ ކާކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް تدبير ކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެތެވެ. (އެއީ) اللَّه އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟ |
|
1396 | 10 | 32 | فذلكم الله ربكم الحق فماذا بعد الحق إلا الضلال فأنى تصرفون |
| | | ފަހެ، އެއީ اللَّه އެވެ. ތިޔަބައިމީހުންގެ ވެރި، حق ވަންތަ ރަސްކަލާނގެއެވެ. ފަހެ، حق ގޮތަށްފަހުގައި ވަނީ މަގުފުރެދުންނޫން ކޮންއެއްޗެއް ހެއްޔެވެ؟ (އެބަހީ: حق ގޮތުން އެއްކިބާވެއްޖެނަމަ، ދެން ދެވޭނީ ފުރެދުމުގެ ތެރެއަށެވެ.) ފަހެ، ތިޔަބައިމީހުން (حق ގޮތް ފިޔަވައި) އެނބުރިދަނީ، ކޮންފަދައަކުން ހެއްޔެވެ؟ |
|
1397 | 10 | 33 | كذلك حقت كلمت ربك على الذين فسقوا أنهم لا يؤمنون |
| | | فاسق ވި މީހުންގެ މައްޗަށް، އެއުރެން إيمان ނުވާނެކަމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅު ހަމައެފަދައިންވަނީ حق ވެގެންނެވެ. |
|
1398 | 10 | 34 | قل هل من شركائكم من يبدأ الخلق ثم يعيده قل الله يبدأ الخلق ثم يعيده فأنى تؤفكون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން شريك ކުރާ ފަރާތްތަކުގެ ތެރޭގައި (ނެތުމުގެތެރެއިން) خلق ތަކުން އަލަށް އުފައްދައި، ދެން އަލުން އެ خلق ތަކުން إعادة ކުރާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (ނެތުމުގެތެރެއިން) خلق ތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ خلق ތަކުން إعادة ކުރައްވަނީ اللَّه އެވެ. ފަހެ، ތިޔަބައިމީހުން (إيمان ކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟ |
|
1399 | 10 | 35 | قل هل من شركائكم من يهدي إلى الحق قل الله يهدي للحق أفمن يهدي إلى الحق أحق أن يتبع أمن لا يهدي إلا أن يهدى فما لكم كيف تحكمون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން شريك ކުރާ ފަރާތްތަކުގެ ތެރޭގައި حق އަށް މަގުދައްކާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! حق އަށް މަގުދައްކަވަނީ اللَّه އެވެ. ފަހެ، تبع ވުން حق ކަންބޮޑީ حق އަށް މަގުދައްކާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ މަގުދައްކަވައިގެން މެނުވީ ތެދުމަގު ލިބިނުގަނެވޭ މީހަކާ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ތިޔަ ތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟ |
|
1400 | 10 | 36 | وما يتبع أكثرهم إلا ظنا إن الظن لا يغني من الحق شيئا إن الله عليم بما يفعلون |
| | | އެއުރެންކުރެ ގިނަމީހުން ހީއަކާމެނުވީ تبع އެއް ނުވެތެވެ. ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނޭ އެއްޗެއްނޫނެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|