نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
137 | 2 | 130 | ومن يرغب عن ملة إبراهيم إلا من سفه نفسه ولقد اصطفيناه في الدنيا وإنه في الآخرة لمن الصالحين |
| | | އެމީހެއްގެ نفس އިހާނެތި ކޮށްލައިފި މީހަކު މެނުވީ، إبراهيم ގެފާނުގެ دين އަށް ނުރުހުންވެ، އެ دين ން ދުރުވެގަންނާނީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ދުނިޔޭގައިވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނު ހޮއްވަވައި خيار ކުރެއްވީމެވެ. އަދި އެކަލޭގެފާނީ، آخرة ދުވަހުން صالح ންގެ ތެރެއިންވާ ބޭކަލަކުކަން ކަށަވަރެވެ. |
|
138 | 2 | 131 | إذ قال له ربه أسلم قال أسلمت لرب العالمين |
| | | އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް، [ކަލޭގެފާނު ކިޔަމަންވެ ވަޑައިގަންނަވާށޭ] وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންއަޅާ ކިޔަމަންވެއްޖައީމެވެ. |
|
139 | 2 | 132 | ووصى بها إبراهيم بنيه ويعقوب يا بني إن الله اصطفى لكم الدين فلا تموتن إلا وأنتم مسلمون |
| | | އެކަމަށް إبراهيم ގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް وصية ކުރެއްވިއެވެ. އަދި يعقوب ގެފާނުވެސް މެއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ހަމަކަށަވަރުން، اللَّه ތިޔަބައިމީހުންނަށްޓަކައި دين ހޮއްވަވައި خيار ކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެތިބޭ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ! |
|
140 | 2 | 133 | أم كنتم شهداء إذ حضر يعقوب الموت إذ قال لبنيه ما تعبدون من بعدي قالوا نعبد إلهك وإله آبائك إبراهيم وإسماعيل وإسحاق إلها واحدا ونحن له مسلمون |
| | | ނުވަތަ يعقوب ގެފާނުގެ އަރިހަށް މަރުއައިސް حاضر ވިހިނދު ތިޔަބައިމީހުން حاضر ވެ ދެކެންތިބީމުހެއްޔެވެ؟ އެހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރުވެދިޔުމަށްފަހު ތިޔަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުގެ إله އަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނުގެ إله އަށެވެ. އެއީ، އެއްކައުވަންތަ ކަލާނގެއެވެ. ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ مسلم ން ކަމުގައި ވެގެންނެވެ. |
|
141 | 2 | 134 | تلك أمة قد خلت لها ما كسبت ولكم ما كسبتم ولا تسألون عما كانوا يعملون |
| | | އެއީ، ހަމަކަށަވަރުން ފާއިތުވެހިނގައްޖެ أمّة އެކެވެ. އެ أمّة ހޯދިކަމެއް އެ أمّة އަށެވެ. އަދި ތިޔަބައިމީހުން ހޯދިކަމެއް ތިޔަބައިމީހުންނަށެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިޔަބައިމީހުންނަކާ سؤال އެއް ނުކުރައްވާހުށްޓެވެ. |
|
142 | 2 | 135 | وقالوا كونوا هودا أو نصارى تهتدوا قل بل ملة إبراهيم حنيفا وما كان من المشركين |
| | | އެއުރެން (އެބަހީ: يهودى ންނާއި نصارى އިން) ބުނެފޫއެވެ. ތިޔަބައިމީހުން يهودى ން ކަމުގައި ނުވަތަ نصارى އިން ކަމުގައި ވާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނީ އޭރުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކީއްހެއްޔެވެ؟ (ތިމަންމެން تبع ވާނީ) باطل ގެ މަގުން އެއްކިބާވެ حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ دين އަށެވެ. އަދި شريك ކުރާ މީހުންގެ ތެރެއިން އެކަލޭގެފާނެއް ނުވެއެވެ. |
|
143 | 2 | 136 | قولوا آمنا بالله وما أنزل إلينا وما أنزل إلى إبراهيم وإسماعيل وإسحاق ويعقوب والأسباط وما أوتي موسى وعيسى وما أوتي النبيون من ربهم لا نفرق بين أحد منهم ونحن له مسلمون |
| | | ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން اللَّه އަށާއި ތިމަންމެންނަށް ބާވައިލައްވައިފައިވާ ފޮތަށާއި އަދި إبراهيم ގެފާނަށާއި إسماعيل ގެފާނަށާއި إسحاق ގެފާނަށާއި، يعقوب ގެފާނަށާއި يعقوب ގެފާނުގެ أسباط ންނަށް ބާވައިލައްވައިފައިވާ ފޮތްފޮތަށާއި އަދި موسى ގެފާނަށާއި عيسى ގެފާނަށް ދެއްވާފައިވާ ފޮތަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވާފައިވާ ފޮތްފޮތަށް إيمان ވީމުއެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް ކިޔަމަންވެގެންތިބި ބަޔަކީމުއެވެ. |
|
144 | 2 | 137 | فإن آمنوا بمثل ما آمنتم به فقد اهتدوا وإن تولوا فإنما هم في شقاق فسيكفيكهم الله وهو السميع العليم |
| | | ފަހެ، ތިޔަބައިމީހުން إيمان ވެގެންތިބި ފަދައިން އެއުރެން إيمان ވިނަމަ، އެއުރެންނަށް ތެދުމަގު ލިބުނީސްކަން ކަށަވަރެވެ. އަދި އެއުރެން އެނބުރި ފުރަގަސްދީފިނަމަ، އެއުރެން ވާކަން ކަށަވަރީ، ދެކޮޅުވެރި ކަމެއްގެ ތެރޭގައެވެ. ފަހެ، اللَّه އެއުރެންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވައި ސަލާމަތްކަން ދެއްވާނެތެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
145 | 2 | 138 | صبغة الله ومن أحسن من الله صبغة ونحن له عابدون |
| | | اللَّه ގެ دين އަށެވެ. (އެބަހީ: تبع ވާންވީ اللَّه ގެ دين އަށެވެ.) ހިދާޔަތާއި إرشاد ދެއްވުމުގައި اللَّه އަށްވުރެ މޮޅީ ކާކުހެއްޔެވެ؟ އަދި ތިމަންމެންނީ، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ މީހުންނެވެ. |
|
146 | 2 | 139 | قل أتحاجوننا في الله وهو ربنا وربكم ولنا أعمالنا ولكم أعمالكم ونحن له مخلصون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އާމެދު ތިޔަބައިމީހުން ތިމަންމެންނާ جدل ކުރަނީހެއްޔެވެ؟ އެކަލާނގެއީ ތިމަންމެންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. އަދި ތިމަންމެންގެ عمل ތައް ހުރީ (އެބަހީ: ތިމަންމެން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިމަންމެންނަށެވެ. އަދި ތިޔަބައިމީހުންގެ عمل ތައް ހުރީ (އެބަހީ: ތިޔަބައިމީހުން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިޔަބައިމީހުންނަށެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް إخلاص ތެރި ބަޔަކީމުއެވެ. |
|