نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1340 | 9 | 105 | وقل اعملوا فسيرى الله عملكم ورسوله والمؤمنون وستردون إلى عالم الغيب والشهادة فينبئكم بما كنتم تعملون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން عمل ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ عمل ތައް اللَّه ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ رسول އާވެސް މެއެވެ. އަދި مؤمن ތަކުންވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން ރައްދުކުރައްވާ ހުށްޓެވެ. ދެން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. |
|
1341 | 9 | 106 | وآخرون مرجون لأمر الله إما يعذبهم وإما يتوب عليهم والله عليم حكيم |
| | | އަދި އެހެންބަޔަކު اللَّه ގެ أمر ފުޅު އަތުވެއްޖައުމަށް ދާނދެން ފަސްކުރައްވާފައިވެއެވެ. އެހެންޏާ އެއުރެންނަށް އެކަލާނގެ عذاب ދެއްވާނެތެވެ. އެހެންޏާ އެއުރެންގެ މައްޗަށް އެކަލާނގެ توبة ލައްވާނެތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. |
|
1342 | 9 | 107 | والذين اتخذوا مسجدا ضرارا وكفرا وتفريقا بين المؤمنين وإرصادا لمن حارب الله ورسوله من قبل وليحلفن إن أردنا إلا الحسنى والله يشهد إنهم لكاذبون |
| | | އަދި (مؤمن ންނަށް) ގެއްލުން ދިނުމަށާއި، كافر ކަމަށާއި، مؤمن ންގެ ދެމެދުތައް ވަކިކުރުމަށާއި، ކުރިން اللَّه އާއި رسول އާއާ ހަނގުރާމަކުރި މީހުންނަށްޓަކައި، ބަލަބަލާ ތިބުމަށާއި (މިކަންކަމަށްޓަކައި) މިސްކިތެއް ހަދައިގެން އުޅުނު މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތް މެނުވީ ތިމަންމެން ގަސްދެއް ނުކުރަމުއޭ ކިޔައި، އެއުރެން ހުވާކުރާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުހަދާ ބަޔެއްކަމަށް، اللَّه ހެކިވެވޮޑިގެންވެތެވެ. |
|
1343 | 9 | 108 | لا تقم فيه أبدا لمسجد أسس على التقوى من أول يوم أحق أن تقوم فيه فيه رجال يحبون أن يتطهروا والله يحب المطهرين |
| | | ދުވަހަކުވެސް ކަލޭގެފާނު އެ މިސްކިތުގައި (ނަމާދަށް) قائم ވެ ނުހުންނަވާށެވެ! ހަމަކަށަވަރުން، ފުރަތަމަ ދުވަހުއްސުރެން تقوى ގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި (އެބަހީ: قُباء މިސްކިތުގައި) ކަލޭގެފާނު قائم ވެ ހުންނެވުން މާ حق ކަން ބޮޑެވެ. طاهر ވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. طاهر ވެގަންނަ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. |
|
1344 | 9 | 109 | أفمن أسس بنيانه على تقوى من الله ورضوان خير أم من أسس بنيانه على شفا جرف هار فانهار به في نار جهنم والله لا يهدي القوم الظالمين |
| | | ފަހެ، ހެޔޮކަންބޮޑީ، اللَّه އަށް تقوى ވެރިވުމާއި، އެކަލާނގެ ރުހިވޮޑިގަތުން ލިބުމުގެ މައްޗަށް އެމީހެއްގެ ބިނާގެ ބިންގާ އެޅި މީހާ ހެއްޔެވެ؟ ނުވަތަ ވެއްޓިގެންދާ ގުންޑޮޅިއެއްގެ ތުންފަތްމަތީގައި (އެބަހީ: نفاق ކަންމަތީގައި) އެމީހެއްގެ ބިނާގެ ބިންގާ އަޅައި، އެ ބިނާއާއެކު ނަރަކައިގެ އަލިފާންގަނޑަށް ވެއްޓުނު މީހާ ހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. |
|
1345 | 9 | 110 | لا يزال بنيانهم الذي بنوا ريبة في قلوبهم إلا أن تقطع قلوبهم والله عليم حكيم |
| | | އެއުރެންގެ ހިތްތައް ބުރިބުރިވެގެން ދިއުމުން މެނުވީ، އެއުރެން ބިނާކުޅަ ބިނާ، އެއުރެންގެ ހިތްތަކުގައިވާ شك އެއް ކަމުގައި ފިލައިނުދެތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. |
|
1346 | 9 | 111 | إن الله اشترى من المؤمنين أنفسهم وأموالهم بأن لهم الجنة يقاتلون في سبيل الله فيقتلون ويقتلون وعدا عليه حقا في التوراة والإنجيل والقرآن ومن أوفى بعهده من الله فاستبشروا ببيعكم الذي بايعتم به وذلك هو الفوز العظيم |
| | | ހަމަކަށަވަރުން، اللَّه، مؤمن ންގެ ކިބައިން އެއުރެންގެ نفس ތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެން اللَّه ގެ މަގުގައި ހަނގުރާމަ ކުރެތެވެ. ފަހެ، އެއުރެން (دشمن ން) قتل ކޮށް، އަދި އެއުރެން قتل ވެދެއެވެ. (އެއުރެންނަށް ސުވަރުގެ ހުރިކަމީ) توراة އާއި، إنجيل އާއި، قرآن ގައި، އެކަލާނގެ ذات ފުޅުގެ މައްޗަށް حق ގޮތުގައި ކުރައްވާފައިވާ وعد އެކެވެ. އަދި عهد ފުއްދުމުގައި، اللَّه އަށްވުރެ ފުއްދުންތެރިކަން ބޮޑީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ވިއްކި ވިއްކުމާމެދު އުފާކުރާހުށިކަމެވެ! ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ. |
|
1347 | 9 | 112 | التائبون العابدون الحامدون السائحون الراكعون الساجدون الآمرون بالمعروف والناهون عن المنكر والحافظون لحدود الله وبشر المؤمنين |
| | | (އެއީ) توبة ވާ މީހުންނެވެ. (اللَّه އަށް) އަޅުކަންކުރާ މީހުންނެވެ. (އެކަލާނގެއަށް) حمد ކުރާ މީހުންނެވެ. ރޯދަހިފާ މީހުންނެވެ. ركوع ކޮށް سجدة ކުރާ މީހުންނެވެ. ހެޔޮކަންތަކަށް أمر ކޮށް ނުބައިކަންތައް ނަހީކުރާ މީހުންނެވެ. އަދި اللَّه ކަނޑައަޅުއްވާފައިވާ އިންތަކަށް ރައްކާތެރިވާ މީހުންނެވެ. ކަލޭގެފާނު مؤمن ންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ! |
|
1348 | 9 | 113 | ما كان للنبي والذين آمنوا أن يستغفروا للمشركين ولو كانوا أولي قربى من بعد ما تبين لهم أنهم أصحاب الجحيم |
| | | ނަބިއްޔާއަކަށްވެސް، އަދި إيمان ވި މީހުންނަކަށްވެސް مشرك ންނަށްޓަކައި ފާފަފުއްސެވުންއެދި دعاء ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ أهل ވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ. |
|
1349 | 9 | 114 | وما كان استغفار إبراهيم لأبيه إلا عن موعدة وعدها إياه فلما تبين له أنه عدو لله تبرأ منه إن إبراهيم لأواه حليم |
| | | އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) އެކަލާނގެ ކުރައްވާފައިވާ وعد އެއްގެ މަތިން މެނުވީ، إبراهيم ގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނަށް استغفار ކުރެއްވުން ނުވެއެވެ. ފަހެ، އޭނާއަކީ اللَّه ގެ عداوة ތެރިޔެއްކަން އެކަލޭގެފާނަށް ބަޔާންވެ އެނގިވަޑައިގަތްހިނދު، އޭނާގެ ކިބައިން އެކަލޭގެފާނު ބަރީއަވެވަޑައިގަތެވެ. ހަމަކަށަވަރުން، إبراهيم ގެފާނީ، دعاء ކުރެއްވުން ގިނަ، ކޯފާ މަޑު ބޭކަލެކެވެ. |
|