نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
131 | 2 | 124 | وإذ ابتلى إبراهيم ربه بكلمات فأتمهن قال إني جاعلك للناس إماما قال ومن ذريتي قال لا ينال عهدي الظالمين |
| | | إبراهيم ގެފާނުގެ ވެރިރަސްކަލާނގެ، كلمة ތަކަކުން (އެބަހީ: ކުރެއްވި أمر ފުޅުތަކަކާއި ނަހީތަކަކުން އެކަލޭގެފާނުގެ ކިޔަމަންތެރިކަންހުރި މިންވަރު ބެއްލެވުމަށް) امتحان ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެކަލޭގެފާނު (ކިޔަމަންތެރިވެވަޑައިގެން) އެކަންތައްތައް ފުރިހަމަ ކުރެއްވިއެވެ. އެކަލާނގެ (އެކަލޭގެފާނަށް) وحى ކުރެއްވިއެވެ. ހަމަކަށަވަރުން، މީސްތަކުންނަށް إمام އަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލައްވާހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިމަންއަޅާގެ ދަރިފަސްކޮޅުންވެސް މެއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އަނިޔާވެރިންނަކަށް ތިމަންރަސްކަލާނގެ عهد އެއް ނުލިބޭނެތެވެ. |
|
132 | 2 | 125 | وإذ جعلنا البيت مثابة للناس وأمنا واتخذوا من مقام إبراهيم مصلى وعهدنا إلى إبراهيم وإسماعيل أن طهرا بيتي للطائفين والعاكفين والركع السجود |
| | | އަދި ثواب ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި أمان ކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ كعبةاللَّه ގެފުޅު ލެއްވިހިނދު ހަނދުމަކުރައްވާށެވެ! އަދި إبراهيم ގެފާނު ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވިތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ! އަދި إبراهيم ގެފާނާއި إسماعيل ގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. طواف ކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ركوع سجود ކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ! |
|
133 | 2 | 126 | وإذ قال إبراهيم رب اجعل هذا بلدا آمنا وارزق أهله من الثمرات من آمن منهم بالله واليوم الآخر قال ومن كفر فأمتعه قليلا ثم أضطره إلى عذاب النار وبئس المصير |
| | | އަދި إبراهيم ގެފާނު دعاء ކުރައްވައި ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިރަށަކީ أمان ކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ أهل ވެރިންކުރެ اللَّه އަށާއި آخرة ދުވަހަށް إيمان ވި މީހުންނަށް މޭވާތަކުން رزق ދެއްވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. كافر ވެއްޖެ މީހާއަށް (ދުނިޔޭގައި) ކުޑަހިނދުކޮޅެއްގެ އުފަލާއި އަރާމު، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. ދެން، ނަރަކައިގެ عذاب ގެ ތެރެޔަށް އެމީހަކު ފޮނުއްވައިލައްވާހުށީމެވެ. އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ. |
|
134 | 2 | 127 | وإذ يرفع إبراهيم القواعد من البيت وإسماعيل ربنا تقبل منا إنك أنت السميع العليم |
| | | އަދި إبراهيم ގެފާނާއި إسماعيل ގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު دعاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
135 | 2 | 128 | ربنا واجعلنا مسلمين لك ومن ذريتنا أمة مسلمة لك وأرنا مناسكنا وتب علينا إنك أنت التواب الرحيم |
| | | އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެއެވެ. |
|
136 | 2 | 129 | ربنا وابعث فيهم رسولا منهم يتلو عليهم آياتك ويعلمهم الكتاب والحكمة ويزكيهم إنك أنت العزيز الحكيم |
| | | އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އެ أمّة ގެ މީހުންނަށް އިބަރަސްކަލާނގެ آية ތައް ކިޔަވައިދެއްވާ، حكمة އާއި ފޮތް އުނގަންނައިދެއްވާ އަދި (އެންމެހާ ނުބައިގޮތްތަކުން) އެ أمّة طاهر ކުރައްވާނޭ رسول އަކު، އެ أمّة ގެ ތެރެއިން، އެ أمّة ގެ ތެރެޔަށް ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. |
|
137 | 2 | 130 | ومن يرغب عن ملة إبراهيم إلا من سفه نفسه ولقد اصطفيناه في الدنيا وإنه في الآخرة لمن الصالحين |
| | | އެމީހެއްގެ نفس އިހާނެތި ކޮށްލައިފި މީހަކު މެނުވީ، إبراهيم ގެފާނުގެ دين އަށް ނުރުހުންވެ، އެ دين ން ދުރުވެގަންނާނީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ދުނިޔޭގައިވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނު ހޮއްވަވައި خيار ކުރެއްވީމެވެ. އަދި އެކަލޭގެފާނީ، آخرة ދުވަހުން صالح ންގެ ތެރެއިންވާ ބޭކަލަކުކަން ކަށަވަރެވެ. |
|
138 | 2 | 131 | إذ قال له ربه أسلم قال أسلمت لرب العالمين |
| | | އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް، [ކަލޭގެފާނު ކިޔަމަންވެ ވަޑައިގަންނަވާށޭ] وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންއަޅާ ކިޔަމަންވެއްޖައީމެވެ. |
|
139 | 2 | 132 | ووصى بها إبراهيم بنيه ويعقوب يا بني إن الله اصطفى لكم الدين فلا تموتن إلا وأنتم مسلمون |
| | | އެކަމަށް إبراهيم ގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް وصية ކުރެއްވިއެވެ. އަދި يعقوب ގެފާނުވެސް މެއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ހަމަކަށަވަރުން، اللَّه ތިޔަބައިމީހުންނަށްޓަކައި دين ހޮއްވަވައި خيار ކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެތިބޭ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ! |
|
140 | 2 | 133 | أم كنتم شهداء إذ حضر يعقوب الموت إذ قال لبنيه ما تعبدون من بعدي قالوا نعبد إلهك وإله آبائك إبراهيم وإسماعيل وإسحاق إلها واحدا ونحن له مسلمون |
| | | ނުވަތަ يعقوب ގެފާނުގެ އަރިހަށް މަރުއައިސް حاضر ވިހިނދު ތިޔަބައިމީހުން حاضر ވެ ދެކެންތިބީމުހެއްޔެވެ؟ އެހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރުވެދިޔުމަށްފަހު ތިޔަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުގެ إله އަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނުގެ إله އަށެވެ. އެއީ، އެއްކައުވަންތަ ކަލާނގެއެވެ. ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ مسلم ން ކަމުގައި ވެގެންނެވެ. |
|