نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1181 | 8 | 21 | ولا تكونوا كالذين قالوا سمعنا وهم لا يسمعون |
| | | އަދި ނާހައިތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! |
|
1182 | 8 | 22 | إن شر الدواب عند الله الصم البكم الذين لا يعقلون |
| | | ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން اللَّه ގެ حضرة ގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: حق ގެބަސް ނުބުނާ، އެ އަޑުނާހާ، حق އާއި، باطل ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.) |
|
1183 | 8 | 23 | ولو علم الله فيهم خيرا لأسمعهم ولو أسمعهم لتولوا وهم معرضون |
| | | އެއުރެންގެ ކިބައިގައި، ހެޔޮކަމެއްވާކަން اللَّه ދެނެވޮޑިގެންފިނަމަ، އެއުރެންނަށް އިއްވެވީސްކަން ކަށަވަރެވެ. އަދި އެއުރެންނަށް އިއްވެވި ނަމަވެސް، ފުރަގަސްދޭ حال، އެއުރެން އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ. |
|
1184 | 8 | 24 | يا أيها الذين آمنوا استجيبوا لله وللرسول إذا دعاكم لما يحييكم واعلموا أن الله يحول بين المرء وقلبه وأنه إليه تحشرون |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް رسول އާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، اللَّه، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (قيامة ދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. |
|
1185 | 8 | 25 | واتقوا فتنة لا تصيبن الذين ظلموا منكم خاصة واعلموا أن الله شديد العقاب |
| | | އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! |
|
1186 | 8 | 26 | واذكروا إذ أنتم قليل مستضعفون في الأرض تخافون أن يتخطفكم الناس فآواكم وأيدكم بنصره ورزقكم من الطيبات لعلكم تشكرون |
| | | ބިމުގައި ތިޔަބައިމީހުން عدد މަދު، ނިކަމެތި ބަޔަކު ކަމުގައި ވީހިނދު، ހަނދުމަކުރާށެވެ! (އެހިނދު) ތިޔަބައިމީހުންތިބީ (عداوة ތެރި) މީހުން ތިޔަބައިމީހުން ޖަހައިގަނެގެން ގެންގޮސްފާނެކަމަށް ބިރުގެންފައެވެ. ދެން އެކަލާނގެ ތިޔަބައިމީހުންނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި އެކަލާނގެ نصر ން ތިޔަބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި ރަނގަޅު ތަކެތިން ތިޔަބައިމީހުންނަށް رزق ދެއްވިއެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ. |
|
1187 | 8 | 27 | يا أيها الذين آمنوا لا تخونوا الله والرسول وتخونوا أماناتكم وأنتم تعلمون |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللّه އަށާއި، رسول އާއަށް ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانة ތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! |
|
1188 | 8 | 28 | واعلموا أنما أموالكم وأولادكم فتنة وأن الله عنده أجر عظيم |
| | | އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންނަކީ، امتحان އެކެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަ ވަނީ، اللَّه ގެ حضرة ގައެވެ. |
|
1189 | 8 | 29 | يا أيها الذين آمنوا إن تتقوا الله يجعل لكم فرقانا ويكفر عنكم سيئاتكم ويغفر لكم والله ذو الفضل العظيم |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާނަމަ، ތިޔަބައިމީހުންނަށް حق އާއި، باطل ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. |
|
1190 | 8 | 30 | وإذ يمكر بك الذين كفروا ليثبتوك أو يقتلوك أو يخرجوك ويمكرون ويمكر الله والله خير الماكرين |
| | | كافر ވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރައްވަތެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ، تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ. |
|