نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1133 | 7 | 179 | ولقد ذرأنا لجهنم كثيرا من الجن والإنس لهم قلوب لا يفقهون بها ولهم أعين لا يبصرون بها ولهم آذان لا يسمعون بها أولئك كالأنعام بل هم أضل أولئك هم الغافلون |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ. |
|
1134 | 7 | 180 | ولله الأسماء الحسنى فادعوه بها وذروا الذين يلحدون في أسمائه سيجزون ما كانوا يعملون |
| | | އެންމެރިވެތި ނަންފުޅުތައް ملك ވެގެންވަނީ، اللّه އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرة އަށް دعاء ކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، حق މަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ. |
|
1135 | 7 | 181 | وممن خلقنا أمة يهدون بالحق وبه يعدلون |
| | | حق ގޮތުގެމަތިން މަގުދައްކައި، އަދި އެގޮތުގެމަތީން عدل ވެރިވެއުޅޭ ބަޔަކު، ތިމަންރަސްކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވެއެވެ. |
|
1136 | 7 | 182 | والذين كذبوا بآياتنا سنستدرجهم من حيث لا يعلمون |
| | | ތިމަންރަސްލާނގެ آية ތައް ދޮގުކުޅަމީހުން، އެއުރެންނަށް ނޭނގޭނޭގޮތުން (عذاب ގެ ތެރެއަށް) ތިމަންރަސްކަލާނގެ އެއުރެން ގެންދަވާހުށީމެވެ. |
|
1137 | 7 | 183 | وأملي لهم إن كيدي متين |
| | | އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ. |
|
1138 | 7 | 184 | أولم يتفكروا ما بصاحبهم من جنة إن هو إلا نذير مبين |
| | | އަދި އެއުރެން ފިކުރުވެސް ނުކުރަނީހެއްޔެވެ؟ އެއުރެންގެ އެކުވެރިޔާގެ ކިބައިގައި (އެބަހީ: محمد ގެފާނުގެ ކިބައިގައި) އެއްވެސް މޮޔަކަމެއްނެތެވެ. ބަޔާންވެގެން ހުންނެވި إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، އެކަލޭގެފާނު ނުވެތެވެ. |
|
1139 | 7 | 185 | أولم ينظروا في ملكوت السماوات والأرض وما خلق الله من شيء وأن عسى أن يكون قد اقترب أجلهم فبأي حديث بعده يؤمنون |
| | | އަދި އުޑުތަކާއި ބިމުގެ ވެރިކަމާމެދުގައްޔާއި، اللَّه ހައްދަވާފައިވާ އެންމެހާ ތަކެއްޗާ މެދުގައްޔާއި، އެއުރެންގެ އަޖަލު ގާތްވެއްޖެކަމާ މެދުގައި، އެއުރެން ވިސްނައި ނުބަލަނީހެއްޔެވެ؟ އެއަށްފަހު، އެއުރެން إيمان ވަނީ ފަހެ، ކޮންވާހަކައަކަށް ހެއްޔެވެ؟ |
|
1140 | 7 | 186 | من يضلل الله فلا هادي له ويذرهم في طغيانهم يعمهون |
| | | اللَّه މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގުދައްކާނޭ ފަރާތެއް ނުވެތެވެ. އަދި ދެވޭ ނުދެވޭ ތަނެއްނޭނގި ތިބޭ حال ގައި، ފުރެދުމުގެ ތެރެޔަށް އެކަލާނގެ އެއުރެން ދޫކުރައްވަތެވެ. |
|
1141 | 7 | 187 | يسألونك عن الساعة أيان مرساها قل إنما علمها عند ربي لا يجليها لوقتها إلا هو ثقلت في السماوات والأرض لا تأتيكم إلا بغتة يسألونك كأنك حفي عنها قل إنما علمها عند الله ولكن أكثر الناس لا يعلمون |
| | | قيامة ގެ ވަގުތާމެދު، އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. އެދުވަސް ލައިގަންނާނީ ކޮން އިރަކުންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަމުގެ ވަގުތަށް އެކަން ފާޅުނުކުރައްވާ ހުށްޓެވެ. އުޑުތަކާއި، ބިމުގައި އެކަން ބުރަކަމަކަށް ވެފައިވެއެވެ. ކުއްލިއަކަށްމެނުވީ، އެކަން ތިޔަބައިމީހުންނާ ހަމަޔަކަށް ނާންނަހުށްޓެވެ. (އެކަމާމެދު) ކަލޭގެފާނާ އެއުރެން سؤال ކުރާއިރު، އެކަމުގެ ހުރިހާ خبر އެއް، ކަލޭގެފާނު ދެނެވަޑައިގަންނަވާ ކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި اللَّه ގެ حضرة ގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ. |
|
1142 | 7 | 188 | قل لا أملك لنفسي نفعا ولا ضرا إلا ما شاء الله ولو كنت أعلم الغيب لاستكثرت من الخير وما مسني السوء إن أنا إلا نذير وبشير لقوم يؤمنون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އިރާދަކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ نفس އަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް ملك ވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް غيب އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، إيمان ވާ ބަޔަކަށް އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ. |
|