نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1088 | 7 | 134 | ولما وقع عليهم الرجز قالوا يا موسى ادع لنا ربك بما عهد عندك لئن كشفت عنا الرجز لنؤمنن لك ولنرسلن معك بني إسرائيل |
| | | އެއުރެންގެ މައްޗަށް މި عذاب އައިސްޖެހުނުހިނދު އެއުރެން ދެންނެވިއެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ތިމަންމެންނަށްޓަކައި، دعاء ކޮށްދެއްވާށެވެ. ކަލޭގެފާނަށް އެކަލާނގެ عهد ކުރައްވައި އަންގަވާފައިވާ ގޮތުގެމަތިންނެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން މި عذاب ފިއްލަވައިފިނަމަ، ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންމެން إيمان ވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި إسـرآءيـل ގެދަރިން ފޮނުވާހުށީމެވެ. |
|
1089 | 7 | 135 | فلما كشفنا عنهم الرجز إلى أجل هم بالغوه إذا هم ينكثون |
| | | ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެ މުއްދަތެއް ހަމަވަނިވި މުއްދަތަކަށް، އެ عذاب ފިއްލެވިހިނދު، އެހާރުން عهد އުވާލާ ބަޔަކު ކަމުގައި އެއުރެން ވޫއެވެ. |
|
1090 | 7 | 136 | فانتقمنا منهم فأغرقناهم في اليم بأنهم كذبوا بآياتنا وكانوا عنها غافلين |
| | | ދެން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުގެ ތެރެޔަށް އެއުރެން غرق ކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކޮށް، އެ آية ތަކާމެދު غافل ވީ ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ. |
|
1091 | 7 | 137 | وأورثنا القوم الذين كانوا يستضعفون مشارق الأرض ومغاربها التي باركنا فيها وتمت كلمت ربك الحسنى على بني إسرائيل بما صبروا ودمرنا ما كان يصنع فرعون وقومه وما كانوا يعرشون |
| | | ނިކަމެތިކޮށް ހިތެމުންދިޔަ قوم ގެމީހުންނަށް، ބިމުގެ އިރުމައްޗާއި، އެ ބިމުގެ ހުޅަނގު، ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އެތަންތާނގައި بركات ލައްވާފައިވާ ތަންތަނެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ إسـرآءيـل ގެދަރިންނަށް ދެއްވާފައިވާ (وعد ގެ) ހެޔޮބަސްފުޅު، އެއުރެން ކެތްތެރިވުމުގެ ސަބަބުން ފުރިހަމަވެގެންދިޔައެވެ. އަދި ތިމަންރަސްކަލާނގެ، فرعون އާއި، އޭނާގެ قوم ގެމީހުން ހަދަމުންގެންދިޔަ ތަކެއްޗާއި، އެއުރެން ބިނާކުރަމުންގެންދިޔަ عمارات ތައް ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ. |
|
1092 | 7 | 138 | وجاوزنا ببني إسرائيل البحر فأتوا على قوم يعكفون على أصنام لهم قالوا يا موسى اجعل لنا إلها كما لهم آلهة قال إنكم قوم تجهلون |
| | | އަދި ކަނޑު ހުރަސްކުރައްވައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން ގެންދެވީމެވެ. ދެން އެއުރެން قوم އެއްގެ މީހުންނާހަމަޔަށް އައޫއެވެ. އެއުރެންތިބީ، އެއުރެންގެ ބުދުތަކަށް އަޅުކަންކުރުން މަތީގައެވެ. އެއުރެން (އެބަހީ: إسـرآءيـل ގެދަރިން) ދެންނެވޫއެވެ. އޭ موسى ގެފާނެވެ! އެއުރެންނަށް إله ންތަކެއް ވާފަދައިން، ތިމަންމެންނަށްވެސް إله އެއް ލައްވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (حق ގޮތް) ނޭނގޭ ބަޔެކެވެ. |
|
1093 | 7 | 139 | إن هؤلاء متبر ما هم فيه وباطل ما كانوا يعملون |
| | | ހަމަކަށަވަރުން، އެގޮތެއްގެ މަތީގައި އެއުރެންތިބި ގޮތަކީ، ހަލާކުވެ އުވިގެންދާނޭ ގޮތެކެވެ. އަދި އެއުރެން ކޮށްއުޅުނު عمل ތައް، باطل ވެގެންވެއެވެ. |
|
1094 | 7 | 140 | قال أغير الله أبغيكم إلها وهو فضلكم على العالمين |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. عالم ތަކުގެ މައްޗަށް ތިޔަބައިމީހުން މާތްކުރެއްވީ، އެކަލާނގެ ކަމުގައިވާ حال، ތިޔަބައިމީހުންނަށް إله އަކު ކަމުގައި اللَّه ނޫން އެހެންފަރާތެއް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަންވީ ހެއްޔެވެ؟ |
|
1095 | 7 | 141 | وإذ أنجيناكم من آل فرعون يسومونكم سوء العذاب يقتلون أبناءكم ويستحيون نساءكم وفي ذلكم بلاء من ربكم عظيم |
| | | فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން މިންޖުކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުން ގެންދެތެވެ. އެއުރެން ތިޔަބައިމީހުންގެ ތެރެއިން ފިރިހެންދަރިން قتل ކޮށް، އަދި ތިޔަބައިމީހުންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއްވެއެވެ. |
|
1096 | 7 | 142 | وواعدنا موسى ثلاثين ليلة وأتممناها بعشر فتم ميقات ربه أربعين ليلة وقال موسى لأخيه هارون اخلفني في قومي وأصلح ولا تتبع سبيل المفسدين |
| | | (ބަސް وحى ކުރެއްވުމަށާއި، توراة ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަންރަސްކަލާނގެ موسى ގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ. އަދި موسى ގެފާނު އެކަލޭގެފާނުގެ أخ، هارون ގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ قوم ގެމީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ! އަދި إصلاح ކުރައްވާށެވެ! އަދި فساد ކުރާ މީހުންގެ މަގަށް تبع ވެވަޑައިނުގަންނަވާށެވެ! |
|
1097 | 7 | 143 | ولما جاء موسى لميقاتنا وكلمه ربه قال رب أرني أنظر إليك قال لن تراني ولكن انظر إلى الجبل فإن استقر مكانه فسوف تراني فلما تجلى ربه للجبل جعله دكا وخر موسى صعقا فلما أفاق قال سبحانك تبت إليك وأنا أول المؤمنين |
| | | ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް موسى ގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް وحى ކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ذات ފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް تجلّى ވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި موسى ގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ توبة ވެއްޖައީމެވެ. އަދި إيمان ވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ. |
|