نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1060 | 7 | 106 | قال إن كنت جئت بآية فأت بها إن كنت من الصادقين |
| | | އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ހެތްކަކާއިގެން ކަމުގައިވާނަމަ (އަދި) ތެދުވެރިންގެ ތެރެއިން ކަލޭގެފާނު ވާނަމަ، ފަހެ، އެ ހެތްކެއް ނިކަން ގެންނަވައި ބައްލަވާށެވެ! |
|
1061 | 7 | 107 | فألقى عصاه فإذا هي ثعبان مبين |
| | | ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު، އެ އަސާކޮޅު ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ. |
|
1062 | 7 | 108 | ونزع يده فإذا هي بيضاء للناظرين |
| | | އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ، ވިދަވިދައިއޮތް ހުދު އަތްޕުޅެއްކަމުގައެވެ. |
|
1063 | 7 | 109 | قال الملأ من قوم فرعون إن هذا لساحر عليم |
| | | فرعون ގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، މިއީ މޮޅަށްދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ. |
|
1064 | 7 | 110 | يريد أن يخرجكم من أرضكم فماذا تأمرون |
| | | އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލެއްވުމަށެވެ. ވީމާ، ތިޔަބައިމީހުން أمر ކުރާ ގޮތަކީ ކޮބައިހެއްޔެވެ؟ |
|
1065 | 7 | 111 | قالوا أرجه وأخاه وأرسل في المدائن حاشرين |
| | | އެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ أخ، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު، ރަށުތެރެއަށް ފޮނުވާށެވެ! |
|
1066 | 7 | 112 | يأتوك بكل ساحر عليم |
| | | އޭރުން، އެއުރެން (ގޮސް) މޮޅަށް ދަންނަ ހުރިހާ ޖާދޫގަރުން ކަލޭގެގާތަށް ގެނެސް ދޭނެއެވެ. |
|
1067 | 7 | 113 | وجاء السحرة فرعون قالوا إن لنا لأجرا إن كنا نحن الغالبين |
| | | فرعون ގެ ގާތަށް ޖާދޫގަރުން އަތުވެއްޖެއެވެ. އެއުރެން ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނަންވާނެއެވެ. |
|
1068 | 7 | 114 | قال نعم وإنكم لمن المقربين |
| | | އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ. |
|
1069 | 7 | 115 | قالوا يا موسى إما أن تلقي وإما أن نكون نحن الملقين |
| | | އެއުރެން ދެންނެވޫއެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނު (ކުރިން) އެއްލަވާނީއެވެ. ނޫންނަމަ (ކުރިން) އެއްލާ މީހުންކަމުގައި ތިމަންމެން ވެދާނޫއެވެ. |
|