نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1041 | 7 | 87 | وإن كان طائفة منكم آمنوا بالذي أرسلت به وطائفة لم يؤمنوا فاصبروا حتى يحكم الله بيننا وهو خير الحاكمين |
| | | އަދި ތިޔަބައިމީހުންކުރެ އެއްބަޔަކު، ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވިކަމަކަށް إيمان ވެފައި، އަނެއްބަޔަކު إيمان ނުވިނަމަ، ތިމަންމެންގެ މެދުގައި اللَّه حكم ކުރައްވައިފުމަށް ދާނދެން، ތިޔަބައިމީހުން ކެތްކުރާށެވެ! އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. |
|
1042 | 7 | 88 | قال الملأ الذين استكبروا من قومه لنخرجنك يا شعيب والذين آمنوا معك من قريتنا أو لتعودن في ملتنا قال أولو كنا كارهين |
| | | އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كبر ވެރިވެގަތް ބޮޑުން ބުނޫއެވެ. އޭ شعيب ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބިމީހުން، ތިމަންމެންގެ ރަށުން ބޭރުކޮށްލައިފާހުށީމެވެ. ނުވަތަ ތިމަންމެންގެ دين އަށް ކަލޭގެފާނު އެނބުރި ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން (އެކަމަށް) ނުރުހޭ حال ގައި ވީނަމަވެސް ހެއްޔެވެ؟ |
|
1043 | 7 | 89 | قد افترينا على الله كذبا إن عدنا في ملتكم بعد إذ نجانا الله منها وما يكون لنا أن نعود فيها إلا أن يشاء الله ربنا وسع ربنا كل شيء علما على الله توكلنا ربنا افتح بيننا وبين قومنا بالحق وأنت خير الفاتحين |
| | | ތިޔަބައިމީހުންގެ دين އަށް، ތިމަންމެން އެނބުރި ހިނގައްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، اللَّه، ތިމަންމެން އެ دين ން މިންޖުކުރެއްވުމަށް ފަހުގައި، اللَّه އާމެދު، ދޮގެއްހެދި ބަޔަކު ކަމުގައެވެ. އަދި ތިމަންމެންގެ ވެރި اللَّه އިރާދަކުރައްވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް އެ دين އަށް އެނބުރިއެއް ނުދެވޭނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުން، ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ތިމަންމެން ވަކީލުކުރަނީ، اللَّه އަށެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނާއި، އަޅަމެންގެ قوم ގެމީހުންނާ ދެމެދު، حق ގޮތުގައި حكم ކުރައްވާނދޭވެ! އިބަރަސްކަލާނގެއީ، حكم ކުރައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ. |
|
1044 | 7 | 90 | وقال الملأ الذين كفروا من قومه لئن اتبعتم شعيبا إنكم إذا لخاسرون |
| | | އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން، كافر ވެގަތް ބޮޑުން ބުނޫއެވެ. شعيب ގެފާނަށް ތިޔަބައިމީހުން تبع ވެއްޖެނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުން ވާހުށީ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ. |
|
1045 | 7 | 91 | فأخذتهم الرجفة فأصبحوا في دارهم جاثمين |
| | | ދެންފަހެ، ބިރުވެރި ބިންހެލުމެއް، އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. |
|
1046 | 7 | 92 | الذين كذبوا شعيبا كأن لم يغنوا فيها الذين كذبوا شعيبا كانوا هم الخاسرين |
| | | شعيب ގެފާނު ދޮގުކުޅަ މީހުން، އެގެތަކުގައި ދިރިނޫޅޭފަދައެވެ. شعيب ގެފާނު ދޮގުކުޅަ މީހުންވީ، ހަމަ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ. |
|
1047 | 7 | 93 | فتولى عنهم وقال يا قوم لقد أبلغتكم رسالات ربي ونصحت لكم فكيف آسى على قوم كافرين |
| | | ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން نصيحة ތެރިވީމެވެ. ފަހެ، كافر ވި ބަޔަކުގެ މައްޗަށް އަހުރެން ހިތާމަކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ |
|
1048 | 7 | 94 | وما أرسلنا في قرية من نبي إلا أخذنا أهلها بالبأساء والضراء لعلهم يضرعون |
| | | އެރަށެއްގެ أهل ވެރިންނަށް ދަތިކަމާއި، ބަލިމަޑުކަން ނުޖައްސަވާ އެއްވެސް ރަށަކަށް ތިމަންރަސްކަލާނގެ ނަބިއްޔަކު ނުފޮނުއްވަމެވެ. އެއީ އެމީހުން މަޑުމޮޅިވުމަށެވެ. |
|
1049 | 7 | 95 | ثم بدلنا مكان السيئة الحسنة حتى عفوا وقالوا قد مس آباءنا الضراء والسراء فأخذناهم بغتة وهم لا يشعرون |
| | | ދެން، ނުބައި حالة، ރަނގަޅު حالة އަށް ތިމަންރަސްކަލާނގެ ބަދަލުކުރެއްވީމެވެ. (އެއީ) އެއުރެން ގިނަވެ، ތަނަވަސްވެއްޖައުމަށް ދާނދެނެވެ. ދެން އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިންނަށް ތަދުމަޑުކަމާއި، ތިޔާގިކަން ލިބުނެވެ. ދެން، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިއަކަށް، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ. |
|
1050 | 7 | 96 | ولو أن أهل القرى آمنوا واتقوا لفتحنا عليهم بركات من السماء والأرض ولكن كذبوا فأخذناهم بما كانوا يكسبون |
| | | ރަށްތަކުގެ أهل ވެރިން، إيمان ވެ تقوى ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركات ގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عمل ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ. |
|